ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ނުހައްގުން ޖަލަށްލާން ހުކުމް ކުރި ނަމަވެސް ފާރިސްގެ އަޒުމް ނުގުޑާނެ ކަމަށް އޭނަގެ އަނބިކަނބަލުން މަރިޔަމް ލީޝިޔާ ވިދާޅުވެއްޖެ އެވެ.
ފާރިސް މައުމޫން، ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ހުއްދަ ހޯދުމެއް ނެތި އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުންކުރިކަން ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ 4 މަހާ 24 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ބުދަ ދުވަހުގެ ރޭ ހުކުމް ކުރުމާއި ގުޅިގެން ލީޝިއާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާރިސްއަށް ކުރި ހުމަކީ ބޭއިންސާފު ހުކުމެއް ކަމަށާއި، ހުކުމް ކޮށްގެން ހައްޔަރު ކުރި ނަމަވެސް ފާރިސްގެ އަޒުމް ނުގުޑާނެ ކަމަށެވެ.
Beyinsaafun kithanme hukume kuriyas Faris ge azume nugudane!#FreeFarisNow #FreeAllPoliticalPrisonersNow pic.twitter.com/kMTIu2SDUA
— M (@MLmariyam) June 27, 2018
ސިޔާސީ ގޮތުން ހައްޔަރުކޮށްފައިވާ ހުރިހާ ފަރާތްތަކުން ދޫކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު އަނބިކަނބަލުން އައިމިނަތު މާޝާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައުސޫމް ދަރިންކޮޅު ރޮއެ އާދޭސްކޮށް، އިންތިޒާރު ކުރަނީ އެކުދިންގެ ބައްޕައާ އެކު މިނިވަންކަންމަތީ ލޯބިން ވަގުތު ހޭދަކޮށްލެވޭނެ ދުވަހަކަށް ކަމަށެވެ.
އަދި އަނިޔާ ލިބެމުންދާ އާއިލާތަކަށް ކެތްތެރިކަން މިންވަރުކޮށްދެއްވުމަށް އެދި ދުއާ ކޮށްފައިވާއިރު، މިހިތާމައިގެ އަޑުތައް އަހާނީ ކާކުތޯ މައިޝާ ވަނީ ސުވާލު ކޮށްފަ އެވެ.
މާޝާ މިމޭރުމުން ޓްވީޓް ކޮށްފައިވާއިރު އޭނާގެ ފިރިކަލުން އިލްހާމް ޖަލުގައި ހައްޔަރުކޮށްފައި ހުންނަވާތާ ވަނީ ގިނަ ދުވަސްތަކެއް ފާއިތުވެގެން ގޮސްފައެވެ.
Mausoom kudhi dharinkolhu Roe Aadheys koh inthizaar kuranee ekudhinge bappa aa eku minivan kanmathee loabin vaguthu heydha kolleveyne dhuvahakahAdu ahaanee kaaku?#mihaarunmihaarahdhookollaa #FreeThemAll Aniya libey Aailaa thakah kehtherikan Allah minvaru kuravvaashi. Aameen.
— MashaAishilham (@mashaAish) June 27, 2018
މިސަރުކާރުން ވަނީ ރައީސް ޔާމިންގެ ވެރިކަމާ ދެކޮޅަށް ނުކުންނަ ގިނަ ސިޔާސީ ފަރާތްތަކުން ހައްޔަރުކޮށްފަ އެވެ. އެގޮތުން ރާއްޖޭގައި ވެރިކަން ކުރެއްވި ދެ ރައީސުންނަށްވެސް ވަނީ ޖަލު ހުކުމް އިއްވާފައެވެ.
ބުދަ ދުވަހުގެ ރޭ ފާރިސްއަށް ޖަލު ހުކުމް އިއްވުމާއި ގުޅިގެން ސިޔާސީ ގިނަ ފަރާތްތަކާއި، އާންމުންގެ ގެންދަނީ ސޯޝަލް މީޑިއާގައި މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި ފާރިސްއަށް އިއްވި ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށް ބުނެ އޭނަ މިނިވަންކުރުމަށް ދަނީ ގޮވާލަމުންނެވެ.