ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް މާލެ ގެނެސް ލޮލުގެ ޑޮކްޓަރަށް ދައްކައިފިއެވެ.
ބުދަ ދުވަހު މެންދުރު ފަހުގެ ވަގުތެއްގައި މި ދެ ބޭފުޅުން މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައިވަނީ އައިކެއަރގެ ޑޮކްޓަރަކަށް ކަމަށް މައުލޫމާތު ލިބެއެވެ. ލޮލުގެ ބަލިތަކަށް ފަރުވާދޭ އައިކެއަރ އަށް މި ދެ ބޭފުޅުން ގެނެސް ޑޮކްޓަރަށް ދެއްކި ނަމަވެސް، އެ ދެ ބޭފުޅުން ޑޮކްޓަރަށް ދެއްކީ ލޮލުގެ ކޮންކަހަލަ މައްސަލައެއް ދިމާވެގެން ކަމެއް ސާފެއް ނުވެއެވެ.
މި ކަމާއި ގުޅިގެން ކަރެކްޝަނަލް ސަރވިސްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހައްޔަރު ކުރިފަހުން އަބްދުﷲ ރިޔާޒު ލޮލުގެ ޑޮކްޓަރަކަށް ދެއްކި ފުރަތަމަ ފަހަރެއެވެ. އެހެންނަމަވެސް ކާނަލް ނާޒިމް ވަނީ މީގެ ކުރިން މާލެ ގެނެސް ލޮލުގެ ޑޮކްޓަރުންނަން ދައްކާފައެވެ.