ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލާ ފަރާތްތައް ދައްކަންޖެހޭ އިދާރީ ފީ ބޮޑުކުރަން މަޖިލީހުގެ އިންތިހާބާގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ބުދަ ދުވަހު އިންތިޙާބުގެ ގާނޫނަށް މި އިސްލާހު ހުށަހެޅީ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފުއެވެ. މި އިސްލާހުގައި ބުނެފައި ވަނީ ރައްޔިތުން މަޖިލީހުގެ އިންތިޙާބަށް ކުރިމަތިލާ މީހުން ޑިޕޮސިޓް ފައިސާގެ ގޮތުގައި 15000 ރުފިޔާ ދައްކަންޖެހޭނެ ކަމަށެވެ.
މަޖިލީހުގެ އިންތިހާބާގެ ގާނޫނަށް މި އިސްލާހު ހުށައެޅިއިރު، މަޖިލީހުގެ އިންތިހާބުގެ ގާނޫނުގައި މިހާރު ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ ޑިޕޮސިޓްގެ ފައިސާގެ އަދަދަކީ 5000 ރުފިޔާ ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލާ ފަރާތްތައް ދައްކަންޖެހޭ އިދާރީ ފީ ބޮޑުކުރަން މަޖިލީހުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ހުށައަޅާފައިވާއިރު، ރިޔާސީ އިންތިހާބަށް ކުރިމަތިލާ ފަރާތްތައްވެސް ދައްކަންޖެހޭ އިދާރީ ފީ ބޮޑުކުރުމަށް ވެސް ރިޔާސީ އިންތިހާބުގެ ގާނޫނަށްވެސް ވަނީ އިސްލާހު ހުށައަޅާފައެވެ. އެގޮތުން ރިޔާސީ އިންތިޙާބަށް ކުރިމަތިލާ މީހަކު ދައްކަންޖެހޭ އިދާރީ ފައިސާގެ އަދަދަކީ 100000 ރުފިޔާ ކަމަށް ކަނޑައަޅަން ރިޔާސީ އިންތިހާބުގެ ގާނޫނަށް ވަނީ އިސްލާހު ހުށައަޅާފައެވެ.
ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމުން މިފަދަ އިސްލާހުތަކެއް ހުށަހަޅާތީ، އެ ޕާޓީއަށް ޕާނޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.