އައްޑޫ ސިޓީ ފޭދޫގައި ނުރައްކާތެރި އެކްސިޑެއްޓެއް ހިނގާ ދެ މީހަކަށް އަނިޔާވެއްޖެއެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ އަންގާރަ ދުވަހުގެ ރޭ 2:30 ކަންހާއިރު ފޭދޫ ބޮޑު މަގުން ދުއްވާފަ ދިޔަ ދެ ސައިކަލް ޖެހިއެވެ. މިކަން އައްޑޫ ސިޓީ ފޭދޫ ރާއްޖެއެމްވީއަށް މައުލޫމާތު ދިން މީހަކު ވަނީ ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ކޮން ސަބަބަކާ ކަމެއް އަދި ނޭނގެއެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި އައްޑޫ ސިޓީ ހިތަދޫ ހޮސްޕިޓަލްގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެއެވެ.
އައްޑޫ ސިޓީން މައުލޫމާތު ދިން މީހާ ބުނީ އެކްސިޑެންޓުގައި އަނިޔާ ލިބުނު ދެ މީހުންނަން މިހާރު ދަނީ ހިތަދޫ ހޮސްޕިޓަލުން ފަރުވާ ދެމުންދާ ކަމަށެވެ. އެކްސިޑެންޓުގައި އަނިޔާލިބިފައި ވަނީ ދެ ފިރިހެނުނަށްކަން ވަނީ ކަށަވަރުވެފައެވެ. ނަމަވެސް އެ ދެމީހުންނަން ލިބުނީ ކިހާވަރެއްގެ އަނިޔާތަކެއް ކަމެއް ނޭނގެއެވެ.