ލ. ގަން ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓު ފޮނުވަފައި އެވެ.
އެމްޑީޕީގެ ޕްރައިމަރީ ބޭއްވި ދުވަހު ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ޝިޔާމް ހާޒިރުވުމަށް އެންގީ ގަން ފޮލިސްޓޭޝަނަށްށެވެ.
ހުޝާމަށް ފުލުހުން ފޮނުވި ޗިޓުގައި ބުނެފައި ވަނީ ގަން-ތުނޑި އެމްޑީޕީ ހަރުގޭގައި ޕްރައިމަރީ ވޯޓު ނަގަމުން ދަނިކޮށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެތަނަށް ވަދެ އެކަން ހުއްޓުވަން މަސައްކަތް ކުރުމުން އެތަނުގައި ތިބި ބަޔަކު ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާ ކަމަށެވެ. އަދި ޕޮލިސް ލާންސް ކޯޕްރަލް މުހައްމަދު ޝަމްލީން ޙާރިޘްގެ ގައިގާ ޖަހާ، މާރާމާރީ ހިންގާފައިވާ ކަމަށާއި، މަރުގެ އިންޒާރުދީފައިވާ ކަމަށް އެ ޗިޓްގައި ވަނީ ބުނެފައެވެ.
އެހެންކަމުން އެ މައްސަލަ އިތުރަށް ތާހުގީގުކޮށް ބަޔާން ނެގުމަށްޓަކައި އަންނަ ބުރާސްފަތި ދުވަހު ހަވީރު 16:30 އަށް އޮފީހަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމަށް ފުލުހުން ވަނީ ގިނަ މަސައްކަތްތަކެއްކޮށް އެކަން ކާމިޔާބުވާ ގޮތް ނުވެފައެވެ. ޕްރައިމަރީ ބޭއްވުމަށް އެމްޑީޕީ ކައުންސިލްތަކުން އިސްވެ މަސައްކަތް ކުރުމާ ގުޅިގެން އެ މައްސަލަ ލޯކަލް ގާވާރމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން އަންނަނީ ބަލަމުންނެވެ. އަދި ބައެއް ކައުންސިލްތައް ވަނީ މުސާރައާ އިނާއަތްތައް ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައެވެ.