ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަކާއި ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ 6 މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ހޯދަމުންދާ ހަ މީހުންނަކީ ދަފްތަރު ނަންބަރު 4976، އުމުރުން 39 އަހަރުގެ އިބްރާހީމް އަޒްމީލް އާއި ސ.ހިތަދޫ، ރީލް މަންޒިލް، އުމުރުން 61 އަހަރުގެ މުހައްމަދު ލަތީފް އާއި ސ.ހިތަދޫ، ސައުތްކްރޯސް، އުމުރުން 28 އަހަރުގެ މޫސާ މުންތަސިމް އާއި ހ.މިނީގާރޑްން، އުމުރުން 46 އަހަރުގެ މުހައްމަދު ޔާސިރުގެ އިތުރުން މ.ވައިނުޖެހޭގެ އެކެއް، އުމުރުން 59 އަހަރުގެ މުހައްމަދު ޒުހައިރު އަދި ސ.މަރަދޫ، މައިޒާން، އުމުރުން 39 އަހަރުގެ މުހައްމަދު ފަރުސީދު އެވެ.
މި ހަ މީހުންގެ ތެރެއިން ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން، ސިވިލް ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށެވެ. އެގޮތުން އިބްރާހީމް އަޒްމީލް ޖޫން މަހުގެ 27 ވަނަ ދުވަހުގެ 11:00 އަށް ސިވިލް ކޯޓަށް ހާޒިރުކުރުމަށް ސިވިލް ކޯޓުން އެދިފައިވާ އިރު މުހައްމަދު ލަތީފް ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރަންޖެހެނީ ޖޫން މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 01:20 އަށް ފުލުހުން ބުނެ އެވެ.
މޫސާ މުންތަސިމް ހޯދަމުންދަނީ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 11:40 އަށް ހާޒިރުކުރުމަށެވެ.
މުހައްމަދު ޔާސިރު ހޯދަމުންދަނީ އެލިޔާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައުވާކުރާ ހުކުމް ތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން، ސިވިލް ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖޫން މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 01:00 އަށް އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް އެދިފައިވެ އެވެ.
މުހައްމަދު ޒުހައިރު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން ޖޫން މަހުގެ 27 ވަނަ ދުވަހުގެ ހެންދުނު 10:40 އަށް ކޯޓަށް ހާޒިރު ކުރުމަށެވެ.
މީގެ އިތުރުން މުހައްމަދު ފަރުސީދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން، ސިވިލް ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖޫން މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 11:15 އަށް ސިވިލް ކޯޓަށް ހާޒިރު ކުރުމަށެވެ.
މި ހަ މީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ އިދާރާއަށް އެންގުމަށްވެސް އެއިދާރާއިން ވަނީ އާންމުންނަށް އަންގާފަ އެވެ.