ހިނގާފައި ނުވާ ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މައްޗަށް ކުރާ ދައުވާގެ ޝަރީއަތެއް އަންގާރަ ދުވަހު ބާއްވަން ތާވަލްކޮށްފިއެވެ.
މަހުލޫފްގެ މައްޗަށް ތިން ދައުވާއެއް ކުރާއިރު، އަންގާރަ ދުވަހު ބާއްވާ މި ޝަރީއަތުގެ މަޖިލީހަކީ އަޑުއެހުންތައް ނިންމައި ޙުލާސާ ބަޔާން އިއްވުމަށް ތާވާލުކޮށްފައިވާ އަޑުއެހުމެކެވެ.
Maldives Correctional Service ah dhogu mauloomaathu dhinkamah bune ufulaafaivaa dhauvaage hulaasaa bayaan negun maadhamaa 10:00 ga CC ga.
— ????? ??????? (@AhmedMahloof) June 25, 2018
Dhaulathun hekeege gothuga husha’alhaafaivaa Corrections ge siteega bayaan koffa vanee “Mahloof ekahala shakuvaaeh husha’alhaafa neiykamah” pic.twitter.com/OfpJ0oAwPs
ހިނގާފައި ނުވާކަމެއް ހިނގާފައިވާ ކަމަށް ބުނެ ކުރާ ދޮގު މައުލޫމާތު ދިނުމުގެ އެ ދައުވާއަކީ މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު މަހްލޫފް ކުރެއްވި ޓްވީޓަކާ ގުޅޭ މައްސަލައެކެވެ. އެ ޓްވީޓްގައި މަހްލޫފް ވަނީ މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި އެކަށީގެންވާ ގޮތެއްގައި ބޭސްފަރުވާގެ ހިދުމަތް ނުދީ ގައިދީން މަރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އަހަރެއްގެ ތެރޭ 10 ގައިދީން މަރުވުމަކީ ސީރިއަސް މައްސަލައެއް ކަމަށާއި އެކަމުގައި ކަރެކްޝަނުގެ އިސްވެރިންތަކެއް ޒިންމާ ނަގަން ޖެހޭނެ ކަމަށް ވެސް މަހުލޫފު ވިދާޅުވެފައިވެއެވެ. އެއީ އިދާރާއަކަށް ދިން މައުލޫމާތެއް ނޫން ކަމަށާއި އެއީ ކުރެއްވި ޓްވީޓެއް ކަމަށް މަހްލޫފް ވިދާޅުވެފައި ވެއެވެ. މި ދައުވާގެ ތެރެއިން ދައުލަތުން ވަނީ މަހްލޫފް ޓްވީޓްކުރެއްވި ދުވަސް އޮޅުވާލައިގެން ކޯޓަށް ހުށަހަޅާފައެވެ.