ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދުގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ހިފެހެއްޓުމަށް ފަހު، އަލުން ދީފިއެވެ.
ޝައިޚް ޢަލީ ޒައިދާ ގުޅޭ މައްސަލަތަކެއް އިސްލާމިކް މިނިސްޓްރީން ބަލަމުންދާ ކަމަށް ބުނެ، އޭނާގެ ހުއްދަ ހިފެހެއްޓީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. ހިފަހައްޓާފައިވާ ޒައިދުގެ ހުއްދަ ދޫކޮށްދިނުމަށް އެދި، ޒައިދު ވަނީ އިސްލާމިކް މިނިސްޓްރީއަށް ސިޓީއެއް ވެސް ފޮނުވާފައެވެ. އެކަމާ ގުޅޭ ގޮތުން އެ މިނިސްޓްރީގެ އިސް ބޭފުޅުންނާ އޭނާއާ ވަނީ މަޝްވަރާ ވެސްކޮށްފައެވެ.
ޝައިހް ޒައިދު ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ހުއްދަ އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ކަމަށާއި އެކަމުގައި އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި އެ އުނދަގޫ ދަނޑިވަޅުގައި އޭނާއަށް ހިތްވަރު ދެއްވި އެންމެހާ ފަރާތްތަކަށް ހެޔޮ ދުއާ ކުރާ ކަމަށް ޒައިދު ކުރެއްވި ޓްވީޓުގައިވެއެވެ.
Al hamdhu lillaahi!
— Ali Zaid (@alizaid1000) June 25, 2018
Alhuganduge LICENSE dhookollaifi! Mikamugai alhugandah hurihaa gothakun eheetherivedhehvi enmehaa faraai thakah shukuru dhannavan! adhi mi undhagoo dhadivalhugai alhugandah hihvaru dhehvevi enmehaa faraai thakah heyo dua. Haggu vaanee haggah IA.
ރާއްޖޭގެ ދީނީ އިލްމުވެރިންގެ ތެރެއިން، ޝެއިހް ޒައިދަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވްސް ބޭފުޅެކެވެ. އެގޮތުން އޭނާ ގެންދަވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންތައްތަކާއި އިޖުރިމާއީ ބައެއް މައްސަލަތަކަށް ދީނީ ގޮތުން އޭނާގެ ވިސްނުން ހާމަކުރައްވަމުންނެވެ. ސަރުކާރުން ހިންގާ ކޮރަޕްޝަންގެ އަމަލުތަކާ ދެކޮޅަށް ވެސް ފާޅުގައި އޭނާ ގެންދަވަނީ ފާޑުކިޔަމުންނެވެ.
ޝެއިހް ޒައިދުގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓި ސަބަބެއް، އިސްލާމިކް މިނިސްޓްރީއަކުން ނުބުނެއެވެ. އެކަމާ ގުޅޭ ގޮތުން "ރާއްޖެއެމްވީ"އިން މީގެ ކުރިން ޒައިދާ ސުވާލު ކުރުމުން ވެސް އޭނާ ޖަވާބެއް ނުދެއްވައެވެ.