ދ އަތޮޅު ނިޔާމަ ރިސޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ، މި ހާދިސާގައި ހިނގާފައިވަނީ، 05:30 ހާއިރު ކަމަށެވެ. އަލިފާންގަޑު ކޮންޓްރޯލް ކުރެވިފައިވަނީ 07:00 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
މިހާދިސާގައި އެ ރިސޯޓްގެ ވޯޓާ ވިލާގެ ތިން ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުންދާ ކަމަށް އެމްއެންޑިއެފް އިން ބުނެ އެވެ.