ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެންމެ ބާރުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނާއި އެންމެ ގާތުން މަސައްކަތްކުރެއްވި ޑރ. މުހައްމަދު ޝައިނީ ސަރޖަރީއެއް ހެއްދެވުމުން، އަދީބުވެސް ސިއްހީ ފަރުވާއަށް ބޭނުންވެފައިވާކަމަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ހަނދާންކޮށްދެއްވައިފިއެވެ.
ޝައިނީ ސަރޖަރީއެއް ހެއްދެވުމަށްފަހު ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާ ފޮޓޯއަކާއިއެކު ނަޝްވާ ކުރައްވާފައިވާ ޓްވީޓެއްގައިވަނީ ޝައިނީއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.
GWS @mshainee
— Nash (@maryam_nashwa) June 24, 2018
A gentle reminder 4 u.
You did a minor surgery & Adeeb requires a major surgery which u & your gov r denying after demanding 4 a clear ransom. Hope u hv realised tht medical care is a basic human right which cannot be violated or delayed under a political motive pic.twitter.com/OnLHLZoLFi
ނަޝްވާ ވިދާޅުވީ ޝައިނީ ކުޑަ ސަރޖަރީއެއް ހެއްދެވިއިރު، އަދީބު ލޮލުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހޭކަމަށެވެ. އަދި އެކަމަށް ސަރުކާރުން ހުރަސް އަޅަމުންދަނީ ފައިސާ ދިނުމުން އެކަން ކޮށްދޭނެކަމަށް ބުނެކަމަށް ނަޝްވާ ވިދާޅުވިއެވެ. އަދި މީގެ އިތުރުން ސިއްހީ ފަރުވާއަކީ ނުހުއްޓުވޭނެ އަދި ލަސްނުކުރެވޭނެ އިންސާނީ ހައްޤެއްކަން ޝައިނީއަށް ވިސްނިވަޑައިގެންފިކަމަށް އުއްމީދުކުރައްވާކަމަށް ނަޝްވާ ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ޝައިނީގެ އުޅަނބޮށީގެ ސަރޖަރީއެއް ހަދާފައިވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައެވެ. ހޮސްޕިޓަލުގައި އޮންނެވި ފޮޓޯއަކާއިއެކު ޝައިނީ އިންސްޓަގްރާމްގައި ޕޯސްޓް ކުރައްވާފައިވާ ފޮޓޯގައިވަނީ 'މައިނަރ ސަރޖަރީއެއް' ހެއްދެވީކަމަށެވެ.