ގއ. ވިލިނގިލި ކައިރީ މަސްވެރިކަން ކުރަން އުޅުނު ދޯންޏަކުން އެން ދެމުމަށް ވައި ފުޅި އަޅައިގެން ފީނި މީހަކު ޑީކޮޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން އެމްއެންޑީއެފް ސަދަން އޭރިއާ އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 8:30 ހާއިރު ކަމަށެވެ. މި ހާދިސާ ހިނގިއިރު ދޯނި އޮތީ ގއ. ވިލިނގިލީގެ އިރުން 11 މޭލު ބޭރުގަ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. އަދި މި ހާދިސާގެ މައުލޫމާތު ލިބުމާއިއެކު ގއ. ވިލިނގިލި ސީ އެމްބިއުލާންސް ވަނީ އެ ސަރަހައްދަށް ގޮސް އުމުރުން 41 އަހަރުގެ މި މީހާ ސީ އެމްބިއުލާންސް އަށް ނަގާފައެވެ.
މި މީހާއަށް އިތުރު ފަރުވާ ދިނުމަށް އާދިއްތަ ދުވަހުގެ ހެނދުނު 10:30 ހާއިރު ގދ. ތިނަދޫ ހޮސްޕިޓަލަށް ވަނީ ގެންގޮސްދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.