ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި މިރޭ ބައެއް ރަށްތަކަށް އުދަ އަރާފާނެތީ، ސަމާލުވެ ތިބުމަށް މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް (މެޓް)އިން އިލްތިމާސް ކޮށްފިއެވެ.
އުދަ އަރާފާނެ ކަމަށް ލަފާކޮށް ހޮނިހިރު ދުވަހުގެ ހެނދުނު ވެސް މެޓް އޮފީހުން އެލާރޓެއް ނެރުނެވެ. އެގޮތުން ދެ ގަޑިއިރަށް ވައިޓް އެލާރޓް ނެރެފައި ވަނިކޮށް، ހޮނިހިރު ދުވަހުގެ ރޭ އިރާކޮޅު މެޓް އޮފީހުން އިލްތިމާސްކޮށްފައި ވަނީ މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް އުދައެރުން އެކަށީގެންވާ ކަމަށެވެ.
އެގޮތުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައަރާފާނެ ކަމަށް ބެލެވޭ ކަމަށެވެ.
ރާއްޖޭގެ ރަށްތަކަށް މި ދުވަސްކޮޅު ދިޔަވަރު ބޮޑު ވަނީ ހެނދުނާއި ރޭގަނޑު އިރާކޮޅު ވަގުތުގައެވެ. އެގޮތުން ހެނދުނު 9:00އިން 11:00 ދެމެދުގެ ރައްޖޭގެ އެކި ހިސާބުތަަކަށް ދިޔަވަރު ބޮޑުވާނެއެވެ. ރޭގަނޑު ދިޔަވަރު ބޮޑުވަނީ 19:30 އިން ފެށިގެން، 22:30އަށެވެ.