ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް އަބްދުﷲ ޔާމިނަށް ތާއިދު ހޯދަދިނުމަށް އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކެމްޕެއިނަށް ނިކުމެވަޑައިގެން ބަޔަކާ ބައްދަލުކުރެއްވުމުން އެމީހުން އެމަނިކުފާނު ލަދުގަންނަވާލައްވާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.
އާންމުވެފައިވާ އެ ވީޑިއޯގައި ފެންނަނީ މިނިސްޓަރ ސައީދު ޕީޕީއެމްގެ ބަޔަކާއެެކު މާލޭގެ ގެއެއްގެ ދޮރޮމައްޗަށް ހުއްޓިވަޑައިގެން އެގޭގެ އެމީހުންނާ ވާހަކަ ދެއްކެވުމަށް މަސައްކަތްކުރާއިރު އެމީހުން އެ ވާހަކަތައް އަޑު ނާހަން މަސައްކަތްކުރާ ތަނެވެ. މިނިސްޓަރު ސައީދު އެމަނިކުފާނުގެ ވާހަކަ އަޑުއެއްސެވުމަށް އެދިވަޑައިގަންނަވަމުންދާއިރު ވެސް "އަޑުހަންވެސް ބޭނުމެއް ނުވެ އޭ" ތަކުރާރުކޮށް އަންހެނަކު ބުނާ އަޑު އެ ވީޑިއޯއިން ފެނެ އެވެ. އެހެން ނަމަވެސް އެ އަންހެން މީހާއާއި އެގެގެ އެހެން މީހުންނާ ކޮންމެސް ވާހަކައެއް ދައްކަވަން މިނިސްޓަރު މަސައްކަތް ކުރައްވާތަން ފެނެ އެވެ.
އަދި އެގޭގައި ހުރި އެހެން ފިރިހެނަކު މިނިސްޓަރު ސައީދުއާ ދިމާލަށް "ސައީދުމެން ދައްކާ ވާހަކަ އަޑު އެހޭކަށް ނެތެއް ނޫން ހޭ ހުސް ޖަރީމާއޭ ހިންގަނީ" ބުނާތަން ފެނެ އެވެ. އަދި ފަހުން ސައީދު އޭނައާ ޖަލުން ބައްދަލުކޮށްފާނެ ކަމަށްވެސް އެމީހާ ބުނެ އެވެ. ހަމަ އެހެންމެ ސައީދު ވެސް އަދި ޖަލަށް ލާނެ ކަމަށް އެގޭގެ މީހުން ތަކުރާރުކޮށް މިނިސްޓަރާ ދިމާލަށް ބުނާތަންވެސް މި ވީޑިއޯއިން ފެނެ އެވެ. މީގެ އިތުރުންވެސް "އަމިއްލަ ބޭބެ ޖަލަށް ލީ މީހަކު އެހެން މީހަކަށް ބަލާނެ ތޯ" ވެސް ރައީސް ޔާމިނާމެދު ހިތްހަމަ ނުޖެހިތިބި އެމީހުންގެ ތެރެއިން މީހަކު ބުނާ އަޑު ވެސް މި ވީޑިއޯއިން އިވެ އެވެ.
Aniyaaverikan engihure,dhekki hivvarah saabas.Alhugadah fennanee rayyithun thibigoiy mimeehunnah rangalhah olhuvaalan. Geyah aima firumaafa,saidheefa adhi Yameen ge molhuvaahaka dhahkan. 23 Sep aai hama ah keiytherikamaa madumaithirikamaaeku goss,sirru votun hadikoh balikollan. pic.twitter.com/8mXy6NtgwJ
— ????? ??????? (@AhmedMahloof) June 22, 2018
މިނިސްޓަރު ސައީދާއެކު ޕީޕީއެމްގެ އިތުރު މީހުންވެސް ތިބި ނަމަވެސް އެހެން ބަޔަކު އެމީހުންނާ ވާހަކަ ދައްކަން މަސައްކަތެއް ނުކުރައްވަ އެވެ. އަދި މިނިސްޓަރު ސައީދާ ވަރަށް ގާތުގައި ހުންނަވައިގެން އެމަނިކުފާނަށް ބަހުގެ ހަމަލާދެމުންދިޔައިރު އެމްއެންޑީއެފް ބޯޑީގާޑަކު ވެސް މިނިސްޓަރުގެ ކައިރިގައި އެވަގުތު ހުއްޓެވެ.
ސަރުކާރާ ދެކޮޅު ބައެއް ކަމަށް ބެލެވޭ ބައެއްގެ ގާތަށް މިނިސްޓަރު ސައީދު ކެމްޕެއިނަށް ވަޑައިގެންނެވުމުން ބަހުގެ ހަމަލާދީ އެއްޗެހި ގޮވާއިރު އެމަނިކުފާނު ހުންނެވީ ވަރަށް ބޮޑަށް ލަދުގަންފައިކަން އެ ވީޑިއޯއިން އެނގެ އެވެ. އަދި ހުންނެވީ ހިތްހަމަނުޖެހިފައި ނޫންކަން ދެއްކުމަށް އެތަނުން ދެކޮޅަށް ވާހަކަ ދައްކަމުން ދިޔަ މީހާއާ އިރުއިރުކޮޅުން ސަލާން ކުރައްވަ އެވެ.