މިސަރުކާރުން ނަހަމަގޮތުގައި ސަސްޕެންޑްކުރަމުންދާ ރަށްރަށުގެ ކައުންސިލަރުންގެ މުސާރަ އެމްޑީޕީގެ ސަރުކާރުގައި އަނބުރާ ލިބިދެވޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކަންކަމުގައި އުޅުނު ކަމަށް ބުނެ، އެމްޑީޕީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކައުންސިލަރުން ސަސްޕެންޑްކުރަމުން ދިޔުމާ ގުޅިގެން ރައީސް ނަޝީދު ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ކައުންސިލަރުންނަކީ ދައްކާ ބިރަކަށް ގުޑާނެ ބައެއް ނޫން ކަމަށެވެ. އަދި ސަސްޕެންޑުރި ކައުންސިލަރުންނަށް މަރުހަބާ ދަންނަވަމުން ރައީސް ނަޝީދު ވަނީ އެކައުންސިލަރުންނަށް އަވަހަށް ކެމްޕޭނަށް ނިކުމެވަޑައިގަތުމަށް ގޮވާލައްވާފައެވެ.
MDP Councillorunakee sarukaarun dhakkahaa birakah gudaane baeh noonkan kashavaru.Suspend kuri hurihaa ouncillorunah marhaba.Avahah campaign ah nukunnava.Ekugaigos iradhakurevviyyaa RYameen balikoh 2018 ge MDP sakuraaruga nahama gothuga suspend kohfava musaara anburaa libidheveyne
— Mohamed Nasheed (@MohamedNasheed) June 22, 2018
ކައުންސިލަރުން ސަސްޕެންޑްކުރަމުން ދިޔުމާ ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީ އިން ސަރުކާރުގެ ޕަޕެޓެއްގެ ގޮތުގައި މަސައްކަތްނުކޮށް، ކައުންސިލަރުންނަށް އެމީހުންގެ މަސައްކަތްކުރުމަށް ފުރުސަތު ދެއްވުމަށް މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ގޮވާލައްވާފައެވެ.
As MDP gears up to its Extraordinary Congress and to launch its manifesto for Presidential Elections, Local Government Authority suspends large number of MDP Atoll and Island Councillors. LGA must stop acting as the regime’s puppet, and allow the Councillors to conduct their work
— Abdulla Shahid (@abdulla_shahid) June 21, 2018
މީގެ އިތުރުން އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް ވަނީ ކައުންސިލަރުން ސަސްޕެންޑްކުރަމުންދާ މައްސަލައިގައި އެލްޖީއޭ ސީއީއޯ މުހައްމަދު ޝަފީޤް މަހުމޫދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީނަށް ރައްޔިތުންނަށް އަނިޔާކުރެވެނީ އެލްޖިއޭ އިން ހިންގާ ޖަރީމާތައް ހިންގައިދޭން ހުރި މުހައްމަދު ޝަފީޤް މަހުމޫދު ކަހަލަ އެހެން އަނިޔާވެރިންގެ މަސައްކަތުން ކަމަށެވެ. އަދި އެކަހަލަ ފަރާތްތަކުގެ ވަނަވަރު ރައްޔިތުން ވަރަށް ރަނގަޅަށް ދެނެގަންނަ ކަމަށް ހަސަން ވިދާޅުވިއެވެ.
އެމްޑީޕީގެ ގިނަ ކައުންސިލަރުން ސަސްޕެންޑްކޮށްފައި ވަނީ ރިޔާސީ އިންތިޚާބަށް ތިން މަސްދުވަހަށް ވެފައިވަނިކޮށް، ތިން މަސްދުވަހަށެވެ.