ހުކުރު ދުވަސް (މާދަމާ) އިން ފެށިގެން ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތައް ހުޅުވާފައި ހުންނަ ގަޑިތަކާއި ކެފޭ އަދި ހޮޓާތައް ހުޅުވާފައި ހުންނަ ވަގުތާއި މުދާ އުފުލާ ވަގުތުތައް ބަދަލު ކުރަން އިކޮނޮމިކް މިނިސްޓްރީން އަންގައިފިއެވެ.
ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ފިހާރަތައް ރޭގަނޑު 11 ޖަހަންދެން ހުޅުވާފައި އަދި ކެފޭ، ރެސްޓޯރެންޓްތައް މެންދަމު ތިނެއް ޖަހަންދެން ހުޅުވާފައިި ބެހެއްޓުމުގެ ހުއްދަ މިނިސްޓްރީން ދިނެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، ކުރިން އޮތް ގޮތަށް ފިހާރަތައް ހުޅުވާފައި ދެން ބެހެއްޓޭނީ ރޭގަނޑު 10:00 އާ ހަމައަށެވެ. އަދި ކެފޭ އަދި ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭނީ މެންދަމު 1:00 އާ ހަމައަށެވެ.
މީގެ އިތުރުން މުދާ އުފުލާ ގަނޑިތަކަށް ވެސް ހުކުރު ދުވަހުން ފެށިގެން ކުރިން އޮތް ގޮތަށް ބަދަލު އަންނާނެއެވެ. އެގޮތުން ޓްރާންސްޕޯޓް އޮތޯރިޓީ އިން ވަނީ މިދިޔަ މާޗު މަހު 30 ވަނަ ދުވަހުން ފެށިގެން ދުވާލު ގަޑީގައި މުދާ އުފުލުން މަނާކޮށް ރޭގަނދު ހަވީރު 6:00 އިން ހެނދުނު 6:00 އަށް ގަޑިތައް ބަދަލުކޮށްފައެވެ.