މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކަންކަން ދާގޮތް ބަލައި އޮބްޒަރވް ކުރުމަށް ބޭރުގެ ފަރާތްތަކަކަށް އިލެކްޝަންސް ކޮމިޝަނުން ދައުވަތު ދީފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ބައިނަލްއަޤްވާމީ 10 ފަރާތަކަށް ވަނީ ދައުވަތު ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޔޫރަޕްގެ ދެ ގައުމަކާއި، ސާކްގެ ދެ ގައުމާއި އޭޝިޔާ ޕެސިފިކްގެ ދެ ގައުމު އަދި އަރަބި ގައުމެއްގެ އިތުރުން ބައިނަލްއަގްވާމީ ތިން ޖަމިއްޔާއެކެވެ.
Riyaasee inthikhaabu 2018 observe kurumah Europe ge 2 gaumakasha SAARC ge 2 gaumakashaa, Asia Pacific ge 2 gaumakashaa, Arabic 1 gaumakashaa , bainalaguvaamee 3 jamiyaakah EC in dhauvathu dheefi
— Elections Commission (@ElectionsMv) June 20, 2018
އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓަކުން އެކަން ހާމަކޮށްފައިވާއިރު އެއީ ކޮން ޤައުމުތަކެއް ކަމެއް އަދި ކޮން ޖަމިއްޔާތަކެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އިތުރު ތަފްސީލް ހޯދާލުމަށް ރާއްޖެ އެމްވީން އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާން އަދި އެކޮމިޝަންގެ މެންބަރަށް ގުޅާލުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ އެކަން ކާމިޔާބު ވެފައެއް ނުވެއެވެ.