ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް ކަމަށް ޑރ. އަބްދުﷲ މައުސޫމް ކުރިމަތިލައްވައިފިއެވެ.
ޑރ. މައުސޫމް ވަނީ ޓްވިޓަރ މެދުވެރިކޮށް އެކަން ހާމަކުރައްވާފައެވެ.
ޖޭޕީގެ ކައުންސިލް މެންބަރެއްގެ ގޮތުގައި މިހާރު ވެސް ހުންނެވި މައުސޫމް އެކަން އިއުލާން ކުރައްވައި ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ އެމަގާމަށް އެބޭފުޅާއަށް ތާއީދު ކޮށްދެއްވުމަށާއި ޖޭޕީ މުޅިން އެހެން ހަރުފަތަކަށް ގެންގޮސް ދިނުމަށް ޖޯޝުގައި މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
Salaam.
— Abdulla Mausoom (@Mausoom_Maus) June 20, 2018
JP ge #NaibuRaees (Vice President) kamah alhugan'du kurimathilaifin. Insha Allah @Jumhooree_MV next level ah gendhiumah, thiya beyfulhunnaai eku joashugai masakkaiy kuramun dhaane vaahaka dhannavamun, alhugan'dah support kohdhevvumah edhen.
Shukuriyya!
Dr. Mausoom (Maus)
ޑރ. މައުސޫމް ވަނީ ޓުއަރިޒަމް މިނިސްޓަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އަދި މިހާރު ޢަމަލް ކުރަމުންދާ ޤާނޫން އަސާސީ އެކުލަވާލިއިރު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ވެސް އުޅުއްވިއެވެ.
ޑރ. މައުސޫމާކީ ކުރިން ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.