އައްޑޫ ސިޓީގައި ސާކް ސަމިޓް ބޭއްވުމަށް ތައްޔާރުކުރި ކޮންވެންޝަން ސެންޓަރު އެޅި ސަރަހައްދުގައި ހުރި އާއްމު ރައްޔިތުންގެ ގޯތިތަކުގެ ބަދަލުގައި އެމްޑީޕީ ސަރުކާރުން އައްޑޫގެ އެހެން ސަރަހައްދަކުން ދޭން ނިންމާފައިވާ ގޯތިތައް އަދިވެސް ނުދެވި އޮތީ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުގެ އިހުމާލުން ކަމަށް އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެއެވެ.
ސޯބެ މިހެން ވިދާޅުވީ އައްޑޫ ކޮންވެންޝަން ސެންޓަރު ސަރަހައްދުން އެމްޑީޕީ ސަރުކާރުން އައްޑޫ ރައްޔިތުންގެ އަތުން ވަކިކުރި ގޯތިތައް އަނބުރާ ހަވާލުކުރަން ރައީސް ޔާމީން ނިންމަވައި އެގޯތިތައް އަންނަ ހަފުތާއިން ފެށިގެން ހަވާލު ކުރަން ފަށާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވެފައި ވާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.
Addu Convention Centre sarahahdhun MDP sarukaaruge Addu rayyithun athun vakikuri goathithah anburaa havaalu kuran Raees Yameen nimmavaa, e goathi thah anna hafthaain feshigen havaalu kuran fashaanan IA.
— Dr.Mohamed Muizzu (@MMuizzu) June 19, 2018
ރާއްޖެ އެމްވީއަށް ސޯބެ ވިދާޅުވީ އައްޑޫ ކޮންވެންޝަން ސެންޓަރަކީ ސާކް ސަމިޓް ނިމުމުން އެތަނާއި މުޅި އެސަރަހައްދު ހިމެނޭ ގޮތަށް ސިޓީ ހޮޓަލަކާ އެކު ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ނިންމާފައިވާ ތަނެއް ކަމަށާއި އެކަމަށްޓަކައި ބިޑަށް ހުޅުވާލުމުން އެކަމަށް ޝައުގުވެރިވާ ވަރަށް ރަނގަޅު ފަރާތަތްކުން މައުމޫމާތު ސާފުކޮށް ބިޑްފޮތް ގަނެފައިވާ ކަމަށެވެ.
ސޯބެ ވިދާޅުވީ ބިޑް ހުށަހަޅަން އޮތީ ފެބްރުއަރީ 14، 2012 ގައި ކަމަށާއި އެމްޑީޕީގެ ވެރިކަން ވައްޓާލީ ފެބްރުއަރީ 7، 2012 ގައި ކަމަށެވެ.
MDP sarukaarun Equitorial Convention Centre binaa kurumah fahu e sarahahdhu fathuruveri kamah khaassa kohfai City Hotelaai ehenihen gulhun huri kankamah esarahahdhu haassa kuri. Adhi City Hotel alhaane bayaku hoadhan iulaan ves kuri. Baghaavaathah fahu masahkah huttuvee.
— Abdulla Sodiq(Sobe') (@SobeAbdulla) June 19, 2018
ސޯބެ ވިދާޅުވީ ވަކިވި ގޯތި ދޫކުރަން އޮތީ ސަރަހައްދީ ބަނދަރު ބޮޑުކުރުމުގެ ޕްރޮޖެކްޓާ ގުޅިގެން ލޭންޑް ޔޫސް ޕްލޭނެއް ހަދައިގެން އަލަށް ހިއްކޭ ސަރަހައްދުން ކަމަށެވެ. އެހެންނަމަވެސް 2012 ގައި ފުލުހުންނާއި ސިފައިން ސަރުކާރާ ދެކޮޅަށް ނުކުމެ ސަރުކާރު ބަދަލުވި ފަހުން ހައުސިންގ މިނިސްޓްރީގައި ހުންނަވަނީ މިހާރު ވެސް ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. މުއިއްޒު ކަމަށާއި ވަކިކުރި ގޯތިތައް ނުދީ އޮތީ މުއިއްޒުގެ އިހުމާލުން ކަމަށެވެ. އަދި އެކަމުގެ ޒިންމާ ފުރިހަމައަށް މުއިއްޒު ނަންގަވަން ޖެހޭނެ ކަމަށް ސޯބެ ވިދާޅުވިއެވެ.
Vakivi goathi dhookuran othee Sarahahdhee bandharu bodu kurumuge project aai gulhigen RAF in feshigen bin hihkumahfahu. goathi dhookuraane gothuge land use plan ves othee kurahai nimifei. Baghaavaathun MDP verikan vahtaalumah fahu ehurihaa planah veegoi engeynee Dr. Muizzu ah. pic.twitter.com/cCHl2HhfUR
— Abdulla Sodiq(Sobe') (@SobeAbdulla) June 19, 2018
ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބިންތައް ދޫކުރުމަށް އައްޑޫ ސިޓީ ކައުންސިލުން މަސައްކަތް ކުރި ކަމަށާއި 2014 ވަނަ އަހަރު އެ ސަރަހައްދުގެ މަގުތައް ހަދައިދިނުމަށް އެމްއާރުޑީސީ އަށް ސިޓީއަކުން ވެސް އެންގި ކަމަށެވެ. ނަމަވެސް ކައުންސިލްގެ މެންޑޭޓުން ބިންތައް ނެގީ ބިންތައް ދޫކުރިޔަ ނުދޭން ވެގެން ކަމަށް ޔަސްރިފް ވިދާޅުވެފައި ވެއެވެ. އޭގެ ބަދަލު އިންތިޚާބުގައި ހިފާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
2014 vana aharu Council in vany binthah dhookuran nimma misarahaddhuge maguthah hadhai dhinumah MRDC ah sitee in angaafa. Male Sarukaarun council ge mandate in binthah negy mi bin thah dhookuriya nudheyn. Badhalu inthikhaabugai hifaane. @MMuizzu @addulive @Mihaarunews @Raajje_tv pic.twitter.com/m5UrddfxyT
— Mohamed Yasrif (@Yasriph) June 20, 2018