ބޮޑު ތަކުރުފާނު މަގާއި ގުޅިފައިވާ ބައެއް މަގުތަކުގެ ޓްރެފިކް ޕްލޯއަށް ބަދަލު ގެނެސްފިއެވެ.
މޯލްޑިވްސް ޓްރާންސޕޯޓް އޮތޯރިޓީން އަންގަރަ ދުވަހު ނެރެފައިވާ އިއުލާނެއްގައި ވަނީ މާލޭ ރިންގް ރޯޑް ޕްރޮޖެކްޓްގެ މަސައްކަތަށް ބޮޑުތަކުރުފާނުގެ މަގުގެ ބޮޑު ބައެއް ބަންދުކުރުމާ ގުޅިގެން އެމަގާ ގުޅިފައިވާ ބައެއް މަގުތަކާއި ގޯޅިތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުގެނެސްފައިވާ ކަމަށެވެ.
އެހެން ކަމުން ޓްރެފިކް ޕްލޯއަށް ބަދަލު ގެނެވުނު މަގުތަކުގައި ހަރުކުރެވިފައިވާ ޓްރެފިކް ނިޝާންތަކާއި އެއްގޮތަށް އަމަލު ކުރުމަށާއި އަދި އެސަރަހައްދުގައި ހަރަކަތަތެރިވާ ޓްރެފިކް ފުލުހުންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އެދިފައެވެ.
މި ފަދަ ކަންކަމުގައި ރައްޔިތުންގެ ފަރަތުން ލިބޭ އެއްބާރު ލުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ޝުކުރުއަދާކޮށްފައެވެ.