އިދިކޮޅު މައި ޕާޓީ އެމްޑީޕީ ނުހިމަނައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ހިޔަނި ކެބިނެޓު އިއުލާންކުރެއްވީ އަދާލަތު ޕާޓީއާއި ރައީސް މައުމޫން ފެކްޝަނާއި މަޝްވަރާ ކުރެއްވުމެއް ނެތި، އެބޭފުޅުންނަށް ނޭނގިކަން ހާމަވެއްޖެއެވެ.
ޤާސިމް އިބްރާހިމް އިއުލާންކުރެއްވި 20 މިނިސްޓްރީ ހިމެނޭ ކެބިނެޓްގައި ހިމެނެނީ ޖުމްހޫރީ ޕާޓީގެ އިތުރުން ރައީސް މައުމޫން ފެކްޝަންގެ ބޭފުޅުންނާއި އަދާލަތު ޕާޓީގެ ބޭފުޅުންނެވެ. ޤާސިމް ކެބިނެޓް އިއުލާންކުރެއްވުމާއިއެކު އަދާލަތު ޕާޓީއިން ބުނީ އެޕާޓީ އޮތީ މިދިޔަ އަހަރު އެކުލަވާލި އިދިކޮޅު ޕާޓީތަކުގެ ކޯލިޝަންގައި ކަމަށާއި، އިތުރު ކޯލިޝަނަކާއި އެޕާޓީއިން ނުގުޅޭކަމަށެވެ. އަދި އެފަދަ ނިންމުމެއް އަދާލަތުން ނިންމައިފިނަމަ، އެކަން އެޕާޓީއިން އިއުލާންކުރާނެކަމަށް އެޕާޓީއިން ވަނީ ބުނެފައެވެ.
Gulhifaivaa party thakun ekugai kuraamasahkayi fiyavaa, 2018 ge riyaasee inthikhaabaa gulhey gothun AP in evves bayakaa coalition nuhadhaa.
— Adhaalath Party (@AdhaalathOffice) June 19, 2018
Efadha nimmumeh nimmaafinama ekan AP ge faraathun iulaan kuraane.
މީގެ އިތުރުން އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުޤައްރިރު އަލީ ނަޒީރު ވިދާޅުވީ އެޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އާއި، ނައިބު ރައީސް އަލީ ޒާހިރާއި، ފޮރިން ރިލޭޝަންސް ކޮމިޓީގެ މުޤައްރިރު ޝިދާތާ ޝަރީފް އެޕާޓީއިން ނިންމައިގެން ނޫނީ އެއްވެސް ކޯލިޝަނެއްގައިވެސް އަދި އެއްވެސް ސަރުކާރެއްގައިވެސް ބައިވެރިވެވަޑައިނުގަންނަވާނެކަމަށެވެ. އެ 3 ބޭފުޅުންނަކީ ޤާސިމް އިބްރާހިމް އިއުލާންކުރެއްވި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ.
@AdhaalathOffice ge raees @ShimranAb ves naib raees @alixahir ves adhi FRC ge chair @shidhatha ves party ge ruhun nethi evves coalition eh gaves adhi sarukaarugaves baiverinuvevadainugannavaane.
— Ali Nazeer (@alynazeer) June 19, 2018
އަދި ރައީސް މައުމޫން ފެކްޝަންގައި އިސްކޮށް މަސައްކަތްކުރައްވާ، ރައީސް މައުމޫން ޕީޕީއެމްގެ ނައިބު ރައީސްކަމަށް އައްޔަންކުރެއްވި އައިމިނަތު ނާދިރާ ވިދާޅުވީ ޤާސިމް އިއުލާންކުރެއްވި ނިންމުމަކީ ރައީސް މައުމޫނާއި އެމަނިކުފާނާއިއެކުގައި މަސައްކަތްކުރައްވާ ފަރާތްތަކާއި މަޝްވަރާކުރެވިގެން އިއުލާންކުރެވުނު ކަމެއް ނޫންކަމަށާއި، ރައީސް މައުމޫންގެ ފެކްޝަނުން މަސައްކަތްކުރަމުންދަނީ ގުޅިފައިވާ 4 ޕާޓީ އެކުގައިކަމަށެވެ.
JP ge khiyaalu fulhah ihuthiraamaai eku dhannavan. Alhugandumen adhi ves masahkaiy kuramun mi dhany 4 party ekugai. Miadhu JP in kurevvi iulaan akee Raees @maumoonagayoom aai adhi RM aai ekugai masahkai kuravva beyfulhunnah mashvara kurevigen kurevunu kameh noon kamugai dhannavan
— aminath nadira (@a_nadraa) June 19, 2018
ހަމައެހެންމެ ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ކަމާލުއްދީން ވެސް ވަނީ އެމަނިކުފާނު މަގާމަކަށް އައްޔަނުކުރައްވާފައިވަނީ އެމަނިކުފާނާއި މަޝްވަރާ ކުރެއްވުމެއް ނެތި ކަމަށް ހާމަވާ އުސޫލަކުން ޓްވީޓް ކުރައްވާފައެވެ. ކަމާލުއްދީން ކުރެއްވި ޓްވީޓުގައި ވަނީ އެމަނިކުފާނަކީ އެމަނިކުފާނުގައި ކައިރީގައި ނާހާ އެމަނިކުފާނާއި ހަވާލުކުރާ ނުވަތަ ހަވާލުކުރަން އުޅޭ މަގާމް ގަަބޫލްކުރައްވަން ހިތްވާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެފައެވެ. ޤާސިމް އިއުލާންކުރެއްވި ހިޔަނި ކެބިނެޓްގައި ކަމާލުއްދީންއަށް ދެއްވާފައިވަނީ ލޭބަރ މިނިސްޓަރު ކަމެވެ.
Alhugadu mee alhugadu kaireega naahaa alhugadaa hawaal kuraa maqaam noonee hawaal kuran ulhey maqaam qabool kuraa hiiy vaa meeheh noon @JPSecretariat @qasimibrahim
— Abdullah Kamaludeen (@akdeen) June 19, 2018
މިކަމާއި ގުޅޭ ގޮތުން ޤާސިމް އިއުލާންކުރެއްވި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ ޖުމްހޫރީ ޕާޓީއިން ކެބިނެޓެއް އިއުލާންކުރިނަމަވެސް، އެމްޑީޕީއާއިއެކު މަޝްވަރާކުރުމަށް އެޕާޓީއިން އޮތީ ތައްޔާރަށްކަމަށެވެ.
އަދާލަތާއި ރައީސް މައުމޫނަށް އެނގިވަޑައިނުގެން އެބޭފުޅުން ހިމެނޭ ގޮތަށް ޤާސިމް އިބްރާހިމް ކެބިނެޓެއް އިއުލާންކުރެއްވުމާއި ގުޅިގެން، ޤާސިމް މަސައްކަތްކުރައްވަނީ އަދާލަތާ ރައީސް މައުމޫންގެ އަރިހުގައި އުޅުއްވާ ބޭފުޅުންނާއި އެމްޑީޕީއާއިއެކު އޮންނަ ގުޅުން ގޯސްކުރުމަށްކަމަށް ބައެއް ފަރާތްތަކުން ބުނެެއެވެ. އަދި ގުޅިފައިވާ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހް ނެރެން ނުފެންނަނީ އެބޭފުޅުންނަކީ 'ސާފު' ބޭފުޅުންނަށް ނުވާތީކަމަށް ޤާސިމް ވިދާޅުވެ، އެބޭފުޅާ ހޯދަން ފުލުހުން އިއުލާންކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އަމިއްލަ ނަންފުޅު ޤާސިމް ނެރުއްވުމުން، އެކަމާވެސް އަދާލަތު ޕާޓީއާއި ރައީސް މައުމޫން ފެކްޝަންގެ ބައެއް ބޭފުޅުން ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.