ދިވެހިރާއްޖެ އިން ޖަޕާނަށް ކަނޑައަޅުއްވި ސަފީރު އިބްރާހީމް އުވައިސް ސަފީރުކަމުގެ ފަތްކޮޅު ޖަޕާނުގެ އެމްޕެރަރ އަކިހީޓޯއަށް އަންގާރަ ދުވަހު އަރުވައިފިއެވެ.
ސަފީރުކަމުގެ މަގާމަށް އުވައިސް އައްޔަން ކުރައްވައި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މަގާމުގެ ފަތްކޮޅު އަރުވާފައި ވަނީ މާޗް މަހުގެ 15 ދުވަހުއެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ޖަޕާންގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމަށް އިބްރާހީމް އުވައިސް އައްޔަން ކުރުމަށް ފެންނަ ކަމަށް 31 މެމްބަރުން ވޯޓްދެއްވިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އެއްވެސް މެމްބަރަކު މިޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާފައެއް ނުވެއެވެ.