ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ސްޕެޝަލް ޕްރޮޓެކްޝަން ހަމަޖައްސައި ދެވެން ނެތްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އާއިލާއަށް އަންގައިފި އެވެ.
ކަރެކްޝަނުން މިގޮތަށް އަންގާފައިވަނީ އަދީބުގެ އަނބިކަނބަލުން މަރްޔަމް ނަޝްވާ މިމަހުގެ 11 ވަނަ ދުވަހު ކަރެކްޝަންސްއަށް ފޮނުވި ސިޓީއަކާއި ގުޅިގެންނެވެ.
ކަރެކްޝަންސްއިން ނަޝްވާއަށް މިއަދު ފޮނުވާފައިވާ ސިޓީ އޭނާ ވަނީ ޓްވީޓާ މެދުވެރިކޮށް އާއްމުކޮށްފައިވައެވެ.
އެސިޓީގައި ބުނެފައިވަނީ އަދީބަކީ ސްޕެޝަލް ޕްރޮޓެކްޝަން ދޭންޖެހޭ ކަމަށް ކަނޑައަޅާފައިވާ ފަރާތަކަށް ނުވާތީ ސްޕެޝަލް ޕްރޮޓެކްޝަން ހަމަޖައްސައި ދެވެން ނެތް ކަމަށެވެ. އަދި އެހެން ގައިދީންނެކޭ އެއްފަދައިން އަދީބަށް ވެސް ލިބޭނީ މަހަކު އެއް އާއިލީ ބައްދަލުވުން ކަމަށް އެސީޓީގައި ބުނެފައިވެއެވެ.
ކަރެކްޝަންސްގެ މިއެންގުމާއި ގުޅިގެން ނަޝްވާ ވިދާޅުވީ އަދީބަށް ސްޕެޝަލް ޕްރޮޓެކްޝަން ހަމަޖައްސައި ނުދެނީ ކީއްވެގެންތޯ ސުވާލު ކޮށްފައިވާނެ ކަމަށާއި ނަމަވެސް ޖަވާބު ލިބިފައި ނުވާ ކަމަށެވެ. މީގެ އިތުރުން ނަޝްވާ ވަނީ ކަރެކްޝަންސްގެ ސިޓީގައި ބަޔާންކޮށްފައިވާ އެހެން ގައިދީންނަކީ ކޮބައިތޯ ވެސް ސުވާލުކުރައްވާފަ އެވެ.
Adeeb ah special protection hamajassavai dheven nei kamah MCS inn angaafi. Adeeb ah special protection hama jassavaidheven nethy keevegentho sitee gai kuri suvaalah javaabu nudhehvee keevengentho? Sitee gai bayaan kurevifaiva ehen gaidheenakee kon gaidheen’netho? @Corrections_Mv pic.twitter.com/jtU0cbSdi0
— Nash (@maryam_nashwa) June 18, 2018
ކަރެކްޝަންސްއިން މީގެ ކުރިން އަދީބަށް ސްޕެޝަލް ޕްރޮޓެކްޝަން ދިން ކަމަށާއި ސްޕެޝަލް ޕްރޮޓެކްޝަން ހުއްޓާލީ އެސެސްމެންޓު ރިވިއު ކުރުމަށްފަހު ކަމަށް ކަރެކްޝަންސްއިން ބުނެފައިވާތީ ރައްދުދެއްވައި ނަޝްވާ ވިދާޅުވީ އަދީބަށް އެއްވެސް އިރެއްގައި ފުލް ޕްރޮޓެކްޝަން ނުދޭ ކަމަށެވެ.
ނަޝްވާ ވިދާޅުވީ މީގެ ކުރިން ލިބެމުންދިޔަ އާއިލީ ބައްދަލުވުންތަކަކީ ދޫނިދޫއަށް އަދީބު ބަދަލުކޮށްފައި ހުރިއިރުގައި ލިބުނު ބައްދަލުވުންތަކެއް ކަމަށެވެ. އަދި އެބައްދަލުވުންތައް ކުރިއަށް ގެންދިޔައީ ގަވާއިދާ އެއްގޮތަށް ކަމަށެވެ.
Adeeb was never given full special protection. The meetings he was getting before were when he was transferred to Dhoonidhoo and it was arranged according to police regulations. I’d like to enquire about this review and the process and procedure @Corrections_Mv @hrcmv @PoliceMv pic.twitter.com/kFuWA4CqqG
— Nash (@maryam_nashwa) June 18, 2018
ނަޝްވާ އިތުރަށް ވިދާޅުވީ އަދީބާމެދު ކަރެކްޝަންސްއިން ކަންތައްތައް ކުރާ ގޮތާއި، ކަންތައްތައް ހިންގާ ގޮތް ބެލުމަށް ބޭނުންވާ ކަމަށާއި، އަދީބާއި މެދު ކަރެކްޝަންސްއިން އަމަލުކުރަނީ ތަފާތު ކޮށް ކަމަށެވެ.
ނަޝްވާ ވިދާޅުވީ ދައުލަތުގެ އިސް މަގާމުތައް ފުރުއްވުމަށްފަހު ޖަލުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ސްޕެޝަލް ޕްރޮޓެކްޝަންގެ ދަށުން ލިބޭ އިނާޔަތްތައް ހަމަޖައްސައި ނުދެއްވަނީ ހަމައެކަނި އަދީބަށް ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ އަދީބަށް އެކަށީގެންވާ ރަނގަޅު ސިއްހީ ޚިދުމަތް ފޯރުކޮށްނުދޭ ކަމަށް ބުނެ އާއިލާއިން އަންނަނީ ތަކުރާރުކޮށް، ކަންބޮޑުވުންފާޅު ކުރަމުންނެވެ.