ވިލާ ގުރޫޕުން 1.6 ބިލިއަން ރުފިޔާ ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެންގުމަކީ ސުޕްރީމް ކޯޓުގެ ހުރަމަތް ކަނޑާލުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ވިލާގެ އެކި ކުންފުނިތަކަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާ ގުޅިގެން އެ ކުންފުނިތަކަށް ސަރުކާރުން ދިން ލުއިތަކުގެ ސަބަބުން ދައުލަތަށް ގެއްލުނު 110 މިލިއަން ޑޮލަރު (1.6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ) އަނބުރާ ދައުލަތަށް ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އަންގާފައެވެ.
އޭސީސީގެ އެ އެންގުމާއި ގުޅިގެން މަހުލޫފް ވިދާޅުވީ، "ތެންކިއު ފޯރ ދަ ރީލޯޑް" މިހެން ބުނެގެން ކޯޓްގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި އެމްޑީޕީގެ އެކްޓިވިސްޓެއްކަމަށްވާ އަނިލް މުފީދު 6 މަސްދުވަހަށް ޖަލަށްލާފައިވާކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމަށް ތަބާނުވެ، ޤާސިމް އިބްރާހިމްގެ އަތުން 1.6 ބިލިއަން ރުފިޔާ ހޯދުމުގެ ނަމުގައި އޭސީސީން ކުރާ މަސައްކަތަކީ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލުން ކަމަށް މަހްލޫފް ވިދާޅުވި އެވެ.
“Thank you for the reload ” ey bunegen #MayDay ga hayyarukuri @aneelmufeed court hurumaiy kendikamahbune 6 mahah jalahli. SC ge hukumah thabaanuve,Hon. @qasimibrahim athun 1.6 billion hoadhumuge namuga ACC inn ekuraa masahkathakee kandaelhigen court hurumaiy kandaalun. https://t.co/JYwAksRaH9
— ????? ??????? (@AhmedMahloof) June 17, 2018
ގާސިމް އިބްރާހިމްގެ ވިލާގެ ކުންފުނިތަކަށް ސަރުކާރުން ދޫކުރި ރަށްތަކާއި ފަޅުތަކަކާ ގުޅިގެން ބޮޑެތި ލުއިތަކެއް ދޭން ޖެހޭ ގޮތަށް ސެޓްލްމަންޓް އެގްރިމެންޓެއް ހެދީ ޑިސެމްބަރު، 2013 ގަ އެވެ. ނަމަވެސް އެ އެއްބަސްވުންތައް ސަރުކަރުން 2015 ވަނަ އަހަރު ބަތިލްކޮށްފައިވާއިރު ސުޕްރީމް ކޯޓުން މިދިޔަ އޭޕްރީލް މަހު ވަނީ އެ އެއްބަސްވުންތައް އުވާލީ ގާނޫނާ ޚިލާފަށް ކަމަށް ހުކުމްކޮށްފަ އެވެ.
ސެޓްލްމަންޓް އެއްބަސްވުންތަކުގެ މައްސަލަ ބެލުމަށް ފަހު އޭސީސީން ނިންމީ އެ އެއްބަސްވުންތަކުގެ ސަބަބުން 110 މިލިއަން ޑޮލަރު ދައުލަތަށް ގެއްލިފައިވާ ކަމަށެވެ. އޭސީސީން ނިންމާފައި ވަނީ އެ އެއްބަސްވުންތައް ހެދީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ލިބޭ ގޮތަށް ކަމަށް ކަނޑައަޅައި، އެ މައްސަލާގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާށެވެ.