ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ގެނެސް ދޭ ވާރލްޑްކަޕް ކަވަރޭޖުގެ ތެރެއިން ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިނަށް ޕްރޮޕެގެންޑާ ފަތުރާ މައްސަލަ ބޮޑުވެ، އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ސަރުކާރު ޕްރޮމޯޓް ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ޕީއެސްއެމްގެ ޗެނަލްތަކުން ވާރލްޑްކަޕް ކަވަރޭޖުގައި ޕްރޮޕެގެންޑާ ފެތުރުމުގެ ގޮތުން ބޮޑެތި ދަރަނިތަކާއެކު ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫތަކުގެ ތަފާސް ހިސާބުތައް ދަނީ ވީޑިއޯ ކްލިޕްތަކެއްގެ ގޮތުގައި ދަނީ ދައްކަމުންނެވެ.
Mee dhen konkameh dheneyvaa dheythereyn dhahkan ? Eves match ge half time ga pic.twitter.com/ph4KAsieIc
— Hamzath Hassan (@Hamxe08) June 16, 2018
ވާރލްޑް ކަޕު މެޗުތައް ދެއްކުމުގެ އެކްސްކްލޫސިވް ރައިޓްސް ހޯދާފައިވާ ޕީއެސްއެމްގެ ދެ ޗެނަލް ކަމަށްވާ ޓީވީއެމާއި ޔެސްޓީވީން ސަރުކާރު ޕްރޮމޯޓް ކުރުމަށް ޕްރޮޕެގެންޑާ ފަތުރަމުންދަނީ މެޗުތައް ދައްކާ ވަގުތުތަކާ ދިމާކޮށެވެ. އެގޮތުން މެޗު ފެށުމުގެ ކުރިންނާއި ހާފްޓައިމްގެ ތެރެއިންނާއި މެޗު ނިމުމާ އެކު ވެސް ޕްރޮޕެގެންޑާ ވީޑިއޯތައް ދަނީ ދައްކަމުންނެވެ.
ވާރލްޑްކަޕުގެ މެޗު ބެލުމަށް އެތައް ބަޔަކު ޓީވީ ބަލަން ޖަމާވާ ދަނޑިވަޅުތަކާ ދިމާކޮށް، ދައުލަތުގެ ފައިސާއިން ހިންގާ ޕީއެސްއެމުން ޕްރޮޕެގެންޑާ ފަތުރަމުންދާތީ ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
So @presidencymv’s new plan is to show propaganda immediately after each World Cup match on TVM, hoping to reach a larger audience ?
— Mohamed Shafeeu (@shappiu) June 16, 2018
ޓްވިޓަރގައި އެކަމާ ކަންބޮޑުވުން ފާޅުކުރި މީހަކު ބުނީ ރީ-ބްރޯޑްކާސްޓަރުންނަށް ވާރލްޑްކަޕުގެ މެޗުތައް ނުދެއްކޭ ގޮތް ހެދުމަށް ޕީއެސްއެމުން މަސައްކަތް ކުރީ ޕީއެސްއެމް ބެލުމަށް މަޖުބޫރު ކުރުމަށް ކަމަށެވެ.
What is this @tvmaldives??? Is this the reason why you guys wanted to block other re-broadcasters showing #WorldCup and force public to watch #TVM @PSMnewsmv propaganda pic.twitter.com/B3i6QdAzZb
— fandhara (@fandhara) June 16, 2018
ޕީއެސްއެމްގެ ޗެނަލްތަކުން ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރަމުންދާއިރު، ޕީއެސްއެމަކީ ނުފޫޒުން އެއްކިބާވެފައިވާ އަދި އެޑިޓޯރިއަލް މިނިވަން ކަމާއެކު އުފައްދާފައިވާ ދައުލަތުގެ ކުންފުންޏެކެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ރައީސް ޔާމީން ޕްރޮމޯޓް ކުރުމަށާއި ކެމްޕެއިން ކުރުމަށް ބޭނުން ކުރަމުންދާއިރު، އެ ކުންފުނީގެ އިސް ބޭފުޅުން ގެންދަވަނީ ސަރުކާރު ހިންގާ ޕީޕީއެމްގެ އިވެންޓުތަކުގައި ބައިވެރިވެ، ފާޅުގައި ޔާމީނަށް ކެމްޕެއިން ކުރަމުންނެވެ.
ރައީސް ޔާމީންގެ ސަރުކާރުން ހިންގި މަޝްރޫތައް ކަމަށް ބުނެ، ޕީއެސްއެމުން ޕްރޮޕެގެންޑާ ފަތުރަމުންދާއިރު، ކޮރަޕްޝަނާއި ފަސާދައަށް މަގުފަހިވާ ގޮތަށް ހިންގާ އެފަދަ މަޝްރޫއުތަކުގެ ސަބަބުން ދައުލަތުގެ ދަރަނި މިއަހަރު ނިމޭއިރު 49 ބިލިއަނަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެއީ ވޭތުވެދިޔަ 40 އަހަރުގެ ދަރަންޏާ ނުބައްދަލު އަދަދެކެވެ. އެ ދަރަނީގެ ސަބަބުން ކޮންމެ ދިވެއްސެއްގެ ބޮލަކަށް 144،000 ވުރެ ގިނަ ރުފިޔާ ޖެހޭނެއެވެ.
މަޖިލީހުގެ ރުހުމެއް ނެތި، އަދި ތަފްސީލު ވެސް އާންމު ކުރުމެއް ނެތި ބޮޑެތި އަދަދުތަކުން ސަރުކާރުން ލޯނު ނަގަމުންދާއިރު، ދައުލަތުގެ ދަރަނީގެ ބޮޑު ބައެއް ދައްކަން ޖެހިފައި ވަނީ ޗައިނާއަށެވެ. އެގޮތުން ރާއްޖޭގެ ބޭރުގެ ދަރަނީގެ 75 ޕަސެންޓް ދަރަނި ދައްކަންޖެހިފައި ވަނީ ޗައިނާއަށެވެ.