ރައްޔިތުންގެ ފައިސާއިން ކުޑަކުޑަ ކޮސްމެޓިކް ދަޅައެއް ދެއްކިއަސް "ކޮސްމެޓިކްސް ކޮންޓެއިނަރ" އަކަށް ރައްޔިތުން ނުލެވޭނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.
ކަޅުވަކަރު މިސްކިތް ހުރިތަނުން އެމިސްކިތް ނެގުމަށްފަހު އެތަނުގައި ވިންޓަރ ޕާކެއް އެޅުމުން އެކަމަށް ފާޑު ވިދާޅުވެ އިމްތިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާސާރީ މިސްކިތެއް ނަގައި ހޫރާލާފައި ކޮރަޕްޝަންގެ ފައިސާއިން އެއް މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ވައްދާފައި ރައްޔިތުންގެ ފައިސާއިން ކުޑަކުޑަ ކޮސްމެޓިކް ދަޅައެއް ދެއްކިއަސް "ކޮސްމެޓިކްސް ކޮންޓެއިނަރ" އަކަށް ރައްޔިތުން ނުލެވޭނެ ކަމަށެވެ.
Aasaaree miskitheh nagaa hooraalaafai, corruption ge $1 m amilla A/C vahdhaafai, rayyithunge faisa in kuda kuda cosmetic dhalha eh dhehkiyas, “cosmetics container” akah rayyithun nuleveyne! https://t.co/Rgcx217JOa
— ???????? ????? (@Imthiyazfahmy) June 16, 2018
އާސާރީ މިސްކިތެއް ނަގައި އެ ބިމުގައި މަޖާ ނެގުމަށް ތަނެއް ބިނާކުރުމުން ގިނަ ބަޔަކު ދަނީ ރައީސް ޔާމީނަށާއި މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
ކަޅުވަކަރު މިސްކިތާއި ބެހޭގޮތުން ރައީސް ނަޝީދުގެ ޚާއްސަ މެސެޖެއް ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ދެއްވަމުން އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފްވެސް ވިދާޅުވީ ކަޅުވަކަރު މިސްކިތް ކޮބައިތޯއޭ ރައީސް ޔާމީން އަރިހުން އަހާލަން ރައީސް ނަޝީދު ވިދާޅުވިކަމަށެވެ. މިސްކިތް ވިއްކަވާލައްވައިގެން އުޅުއްވަނީ ކިހާ ވަރަކަށްތޯ ރައީސް ޔާމީން އަރިހުން އައްސަވައިދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވިކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
"ރައީސް ނަޝީދު ސަލާން ޖައްސަވައިގެންވެސް، ދަރަންޏަށް ފައިސާ ހޯއްދަވައިގެންވެސް ޔާމީނަށް އެ ޢަދަދު ހޯއްދަވައިދެއްވާފައި ވިޔަސް އެމިސްކިތް އަނބުރާ ހޯއްދަވަން ބޭނުންފުޅޭ،" ރައީސް ނަޝީދު ވިދާޅުވިކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.