ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ ނުވަތަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސެސް (މެޓް އޮފީސް) އިން ވަނީ ގއ އަތޮޅުން ފެށިގެން ޏ އަތޮޅާއި ހަމަޔަށް ވައިޓް އެލަރޓް ނެރެފައެވެ. މި އެލަރޓް ދެމިއޮންނާނީ ހުކުރު ދުވަހުގެ ރޭ 21:30 އިން ފެށިގެންގޮސް 01:30 ހަމަޔަށެވެ.
ALERT WHITE
— Maldives Meteorology (@MetMaldives) June 15, 2018
INFORMATION:
Heavy rain and thunderstorms expected.
Area: Between Gaafu Alifu and Gnaviyani atoll.
Period: 15/2130 hrs -16/0130 hrs.
ISSUED: 2055 hrs 15 June 2018.
-MetService- pic.twitter.com/BWBLnWuVLd
އެ އިދާރާއިން ބުނެފައިވަނީ އެ އަތޮޅުތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ދުވަސްކޮޅު އާއްމު ގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ރަނގަޅެވެ.