ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން އީދު ސަލާމް ކުރައްވައިފިއެވެ.
އީދު ސަލާމް ކުރެއްވުން އޮތީ ޢީދު ދުވަހުގެ ހެނދުނު 9:00 އިން 10:00 އަށް ރަސްރަނި ބަގީޗާގައެވެ.
ރައީސްގެ ދެކަނބަލުންނާއި އީދު ސަލާމް ކުރެއްވުމުގައި ދައުލަތުގެ ވަޒީރުންނާއި، ޕީޕީއެމް މަޖިލީސް މެންބަރުންނާއި ސަރުކާރުގެ އިސްމާޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
މި އީދު ސަލާމް ކުރިއަށް ދިޔަ އިރު ރައީސްގެ ދެކަނބަލުންގެ ފަރާތުން އީދު ހަދިޔާ ވެސް ވަނީ ބައްސަވާފައެވެ.