މާލޭގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދުކޮށްފި އެވެ.
މާލޭގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކޮށްފައިވަނީ މާފަންނު ސްޓޭޑިއަމްގަ އެވެ.
ވިލިމާލޭގައި ބޮޑުޖަމާއަތުގައި އީދު ނަމާދު ކޮށްފައިވަނީ ބޯޅަދަނޑުގައެވެ. މީގެ އިތުރުން ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކޮށްފައިވަނީ ސެންޓްރަލް ޕާރކްގައެވެ.
މާލޭގައި ސްޓޭޑިއަމްގެ އިތުރުން ވެސް އިސްލާމީ މަރުކަޒާއި މާލޭގެ ގިނަ މިސްކިތް ތަކެއްގައި ވަނީ އީދު ނަމާދު ކޮށްފައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ހުރިހާ ރަށެއްގައި އީދު ނަމާދު ކޮށްފައިވާއިރު މި ނަމާދުގައި ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރި ވެފައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކޮށްފައިވަނީ 2012 ވަނަ އަހަރުގައެވެ.