ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު ޢަބްދުލްޤައްޔޫމާާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރ އަލީ ހަމީދު ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ބޭއިންސާފުން ކަމަށް އެމެރިކާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކޭޝަޕް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ ކޭޝަޕް ކުރައްވާފައިވާ ޓްވީޓްގައި ވަނީ ދިފާއީ ހެކީންގެ ހެކިބަސް ނުނަގައި، ދިފާއީ ވަކީލުން ނެތި ކުރެވޭ ހުކުމަކީ އިންސާފުވެރި ހުކުމަކަށް ނުވާނެ ކަމަށެވެ. އަދި ފަނޑިޔާރުން ގާނޫނުނަށް ތަބާވާން ބިރުގަންނަ ނަމަ އިންސާފުވެރި ހުކުމެއް ނުކުރެވޭނެ ކަމަށް ވިދާޅުވެފައި ވެއެވެ.
ދިވެހި ރައްޔިތުންނަށް ގާނޫނުގެ ބާރު ނެގެހެއްޓޭތަން ފެންނާނީ ކޮން އިރަކުންތޯ ކޭޝަޕް ވަނީ ސުވާލު އުފައްދަވާފައެވެ.
An unfair trial - with no defense witnesses or even defense lawyers -will always result in an unfair sentence. Judges cannot serve the cause of fair and impartial justice if they fear the Executive. When will the people of #Maldives see the restoration of #RuleofLaw ? https://t.co/N3ruwJ7lzy
— Atul Keshap (@USAmbKeshap) June 13, 2018
އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ބުދަ ދުވަހުއެވެ.
މި ތިން ބޭފުޅުންގެ މައްޗަށް މި ހުކުމް އިއްވީ މިދިޔަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ރޭގެ ދަންވަރު ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޯނު ދޭން އެދުމުން ފޯނު ދީފައިނުވާ ކަމަށް ބުނެ ކުރި ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުއެވެ.