މުދާ ހިފައިގެން ހަތަރު މިހުންނާ އެކު ދަތުރުކުރަމުން ދިޔަ ދޯންޏެއް އަރިއަޅާލައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިސަރ އާދަމް އާޒިމް ވިދާޅުުވީ މުދާ ހިފައިގެން ހަތަރު މީހުންނާ އެކު ދަތުރުކުރި "ވީނަސް" ނަމަކަށް ކިޔާ ދޯންޏެއް އަރިއަޅާލައިގެން އެކަމުގެ ރިޕޯޓް މިރޭ 7:45 ގައި އެމްއެންޑީއެފްއަށް ލިބިފައިވާ ކަމަށެވެ. އަދި އެ ދޯނި އަރިއަޅާލައިފައި ވަނީ ގާފަރު ހުޅަނގު އުތުރުން 13 މޭލު ބޭރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން ބުނީ، ކާށިދޫގައި އޮތް ސީ އެމްބިއުލެންސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އެމްއެންޑީއެފްގެ ލޯންޗު "ވެލާނާ" މިހާރު އެ ސަރަހައްދަށް ދަތުރުކުރަމުން އަންނަ ކަމަށް އޮފިސަރު ވިދާޅުވި އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ދޯންޏަށް ބަރުކޮށްފައި ވަނީ ހިލަޔާއި ލަކުޑި ކަމަށެވެ. އަދި އެއީ 78 ފޫޓުގެ މުދާ އުުފުލާ ދޯންޏެއް ކަމަށާއި، އެ ދޯނި ދަތތުރުކުރަމުންދިޔައީ ބ. އަތޮޅަށް ކަމަށް އޮފސަރު ވިދާޅުވިއެވެ.