ސަރުކާރުން ދެކޭ ގޮތުގައި އަދީބަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ސަރުކާރަށް އޮތް ބޮޑު ބިރެއްކަމަށާއި އަދީބު އެކަހެރިކޮށް އިނާޔަތްތައް ކަނޑާލާފައިވަނީ އެހެންވެގެން ކަމަށް ޖަލުގައި އޮންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެވެ.
ނަޝްވާ ކުރެއްވި ޓްވީޓެއްގައި ރަނގަޅަށް ބެލުމަށާއި ކަނުލާ އަޑުއެހުމަށް ސަރުކާރަށް ގޮވާލައްވަމުން ވިދާޅުވެފައިވަނީ އަދީބަކީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ސަރުކާރަށް އޮތް ބިރެއްކަމަށް ހީކޮށް އަދީބު އެކަހެރިކޮށްފައިވާ ކަމަށެވެ. އަދި ވަކީލުންގެ ބައްދަލުވުމާއި އާއިލީ ބައްދަލުވުން ދިނުމުގައި ހުރަސްތަކެއް ކުރިމަތިކުރުވަމުންދާ ކަމަށެވެ. އެކަމަކު އެއީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމެއް ނޫން ކަމަށާއި މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށްވެސް އަދީބުގެ އަނބިކަނބަލުން ގޮވާލައްވާފައި ވެއެވެ.
Govt, open ur ears and listen hard. Treating Adeeb as ur biggest threat for the upcoming presidential election and putting him in solitary confinement, denying his lawyer meetings, restricting family visits isn’t going to give you a win! Resign now!
— Nash (@maryam_nashwa) June 11, 2018
މީގެ އިތުރުން ނަޝްވާ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ އަނެއްކާ ވެސް އަދީބަށް ވަކީލުންނާ ބައްދަލުވުމަށް ދަތިތަކަކާ ކުރިމަތި ކުރުވާފައި ކަމަށާއި ހަމައެކަނި ވަކީލުންނާ ބައްދަލުވަނީ ކޯޓުގައި އަޑުއެހުމެއް ތާވަލް ކުރުމުން ކަމަށެވެ. މާނައަކީ އަހަރެއް ވަންދެން ވެސް މައްސަލައިގެ އަޑުއެހުމެއް ޝެޑިއުލް ނުކުރާނަމަ އަދީބަކަށް ވަކީލުންނާ ބައްދަލުވުމުގެ ފުރުސަތެއް ނުލިބުން ކަމަށް ނަޝްވާ ވިދާޅުވިއެވެ
ހިއުމަން ރައިޓްސް ކޮމިޝަނަށް ޓެގް ކުރައްވައި ކުރައްވާފައިވާ މި ޓްވީޓުގައި ނަޝްވާ ވަނީ އަދީބާ މެދު ކަންކުރައްވަނީ ކިހިނެއްތޯ ކަރެކްޝަނަލް ސަރވިސްއާ ސުވާލު ކުރައްވާފައެވެ.
MCS has again restricted Adeeb’s lawyer visits claiming he will only get lawyers meeting when the court schedules a hearing. Meaning if the court doesn't schedule a hearing for a year he would not be given a lawyer visit for a year. MCS what are you doing to him? @hrcmv
— Nash (@maryam_nashwa) June 11, 2018
އަދީބު ގެންދަވަނީ ދިގު މުއްދަތެއްގެ ޖަލު ހުކުމް ތަކެއް ތަންފީޒް ކުރައްވަމުންނެވެ. އަދި އިތުރު ދައުވާތަކެއް ވެސް ވަނީ އަދީބުގެ މައްޗަށް އުފުލާފައެވެ.