ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާ އާއި ގޮވާމުގެ ބާވަތްތައް ބެހުމަށް ހަމަޖެހިފައިވާ ގަޑިތައް އާންމުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ފައިސާ ބެހުން ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒު ހޯލް އާއި އަރައްބިއްޔާ ސްކޫލުގެ ހޯލުގައި ކަމަށެވެ.
އެގޮތުން ހެނދުނު 10:30 އިން ފެށިގެން 12:00 އަށް ފައިސާ ބެހުން ކުރިއަށްދާއިރު މެންދުރު 12:35 އިން ހަވީރު 15:30 އަށް ފައިސާ ބެހުން ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
އަދި ރޭގަނޑު 21:00 އިން ރޭގަނޑު 23:00 އަށް ވެސް ޒަކާތުގެ ފައިސާ ބެހުން ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން ގޮވާމުގެ ބާވަތް ބެހުން ކުރިއަށްދާނީ އަރަބިއްޔާ ސްކޫލު ހޯލްގަ އެވެ. ހެނދުނު 10:30 އިން މެންދުރު 12:00 އަށް ގޮވާން ބެހުން ކުރިއަށްދާ އިރު މެންދުރު 12:45 އިން ހަވީރު 15:30 އަށް ގޮވާން ބެހުން ކުރިއަށްދާނެ އެވެ. އަދި ރޭގަނޑު 21:00 އިން ރޭގަނޑު 23:00 އަށް ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.