ނ މާފަރު ޕަވަރ ހައުސްގައި ހުރި ބެޓަރިއެއް ގޮވައިފިއެވެ.
މާފަރު ކައުންސިލުން ބުނީ ހޯމަ ދުވަހުގެރޭ ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
އަދި ހާދިސާ ހިނގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މުޅި ރަށަށް ކަރަންޓުގެ ޚިދުމަތްވެސް ދެވިފައިވާ ކަމަށާއި، ރަށް އޮތީ އާންމު ހާލަތެއްގައިކަމަށް އެ ރަށު ކައުންސިލުން ވަނީ މަޢުލޫމާތު ދީފައެވެ.
މި ހާދިސާ ހިނގަން ދިމާވި ސަބަބެއް އަދި ވަނީ ޔަޤީން ނުވެފައެވެ.
މާފަރަށް ކަރަންޓުގެ ޚިދުމަތް ދެމުންދަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުންނެވެ. އެ ކުންފުނީގެ ވެބްސައިޓުގައި ވާގޮތުން، އެ ރަށުގައި 224 ފަރާތަކަށް އެ ކުންފުނިން ދަނީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.