ޑެޑްލައިނެއް ކަނޑައެޅުމަށްފަހު މަސައްކަތްކުރަންވީ ޕާޓީތަކުގެ މެމްބަރު ބޭނުންވާ ކެނޑިޑޭޓުންގެ ޝަރުތު ޔަޤީންކުރެވޭތޯ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ހޮއްވަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށާއި އެއްވެސް މައްސަލައެއް ނެތް، ސާފު ނަމެއް އިންތިހާބަށް ހުށަހަޅަން ތައްޔާރު ކަމަށް ވިދާޅުވެފަ އެވެ. އަދި ގާސިމް ވިދާޅުވެފައި ވަނީ ކޯލިޝަންގެ މަޝްވަރާތައް ލަސްކުރަން ޖޭޕީން ބޭނުން ނުވާ ކަމަށާއި ކޯލިޝަންގައި މަޝްވަރާ ނުކުރާ ކަންކަން ވަކި ޕާޓީއެއްގެ ވަކި ބޭފުޅަކު ހާމަކުރުމަކީ މުޅި ކޯލިޝަންގައި އޭގެ ނަން އެޅޭނެފަދަ ކަމެއް ކަމަށެވެ.
ޤާސިމްގެ އެ ވާހަކަތަކާ ގުޅުވައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވީ އޭނާ ގަބޫލުކުރާ ގޮތުގައި ޝަރުތުހަމަވާ ކޮންމެ ނަމަކީ ސާފު ނަމެއް ކަމަށެވެ. އަދި ޑެޑްލައިނެއް ކަނޑައެޅުމަށްފަހު މަސައްކަތްކުރަންވީ ޕާޓީތަކުގެ މެމްބަރުން ބޭނުންވާ ކެނޑިޑޭޓުންގެ ޝަރުތު ޔަޤީންކުރެވޭތޯ ކަމަށާއި، އެ ހިސާބުން ޝަރުތު ހަމަވާ ކެނޑިޑޭޓަަކަށް ފުރުސަތުދޭންޖެހޭނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.
Alhugandu qaboolukuraa gothugai sharuthu hamavaa komme namakee saafu nameh. Deadline eh kandaelhumahfahu alhugandumen emmen masahkaiy kuranvee party thakuge membarun beynunvaa candidatunge sharuthu yageen kureveytho. Ehisaabun sharuthu hamavaa candidatakah furusathu dheynjehey.
— ????? ??????? (@AhmedMahloof) June 10, 2018
މަހުލޫފް ވިދާޅުވީ ޔާމީންްއަކީ އިންތިހާއަށް ވޯޓުދެކެ ބިރުގަންނަ މީހެއް ކަމަށެވެ. އަދި އެ ހާލަތުގައި ސާފުތޯ، ސާފު ނޫންތޯ، ޝަރުތު ހަމަވޭތޯ ނޫންތޯ ނުބަލާ ކެނޑިޑޭޓް ބޭރުކަން ހިތް އެދޭނެ ކަމަށެވެ. އަދި އިދިކޮޅުން ނެރެނީ ބުޅަލަކަށްވިޔަސް ނަން ބޭރުކޮށްލަން ބޭނުންވާނެ ކަމަށާއި، ނަމަވެސް ބޭނުންހާގޮތެއް ނުހެދޭނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.
Yameen akee inthihaa ah vote dheke biruganna meeheh.Ehaalathugai saafutho,saafu noontho,sharuthu hama veytho noontho nubalaa candidate beyrukuran hiy edheyne.Idhikolhun nerenee bulhaleh viyas nan beyrukollan beynunvaane.Ekamu Allah iraadhafulhaaeku beynunhaa gotheh nuves hedheyne
— ????? ??????? (@AhmedMahloof) June 10, 2018
މަހުލޫފް ވަނީ މީގެކުރިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދުކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށްކަން ހާމަކުރައްވާފަ އެވެ. އަދި ރައީސް ނަޝީދަށް ވާދަނުކުރެވޭ ހާލަތުގައި ތާއީދުކުރައްވާނީ އިބްރާހިމް މުހައްމަދު ސޯލިހްއަށް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އެނގިފައިވާ ގޮތުގައި ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހް ނެރުމަށް ޖުމްހޫރީ ޕާޓީން އަދި ޤާސިމް އިބްރާހިމްވެސް ތާއީދެއް ނުކުރައްވަ އެވެ. އަދި ޖުމްހޫރީ ޕާޓީން ތާއީދުކުރާ ސާފު ނަމެއްވެސް އެ ޕާޓީއަށް މިހާތަނަށް ބުުނެދެވިފައެއް ނުވެ އެވެ.