ރ. އުނގޫފާރު ފަޅުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެ މީހަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް އަބުދުއް ނާސިރު އަލީ ވިދާޅުވި، އެ ހާދިސާ ހިނގީ އާދިއްތަ ދުވަހުގެރޭ 8.45 ހާއިރުކަމަށެވެ. ހާދިސާ ހިނގި ވަގުތު ވަރަށް ބާރު އަޑުފަށްގަނޑެއް އިވުނުކަމަށް މަންޒަރު ދުށް މިހުންނާއި ހަވާލާ ދީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހާދިސާގައި ދެ މީހަކަށް އަނިޔާ ވެފައިވާކަމަށާއި އޭގެ ތެރެއިން އެކަކު ވަރަށް ބޮޑަށް ފިހިފައިވާކަމަށެވެ. އަދި އެ ދެމިހުންނަށް ފަރުވާ ދިނުމަށް މިހާރު އުނގޫފާރު ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށެވެ. އެ ދެމިހުންނަކީވެސް ބޯޓްގެ ފަޅުވެރިންނެވެ. އޭގެ ތެރެއިން ބޮޑަށް އަނިޔާވި ބިދޭސީ މިހާއަށެވެ.
އެމްއެންޑިއެފުން ވަނީ އެފަދަ ހާދިސާއެއް ރިޕޯޓް ކޮށްފައިވާކަމަށް ބުނެފައެވެ.
އެމްއެންޑީއެފުން މި ހާދިސާ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.