ޕީޕީއެމަށް ނިސްބަތްވާ ހދ. ނޭކުރެންދޫ ކައުންސިލްގެ ކުރީގެ ރައީސް އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.
ޕީޕީއެމްގެ މުހައްމަދު ސިޒާން އެމްޑީޕީއަށް ސޮއިކުރެއްވީ ހޮނިހިރު ދުވަހުއެވެ. ސިޒާންގެ ފޯމާ އެމްޑީޕީން ހަވާލުވަޑައިގަތީ އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފެވެ.
އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު މާލީ އަހުމަދު ޢަބްދުﷲގެ އިތުރުން ހދ. އަތޮޅަށް އަށް ނިސްބަތްވާ އެމްޑީޕީގެ އިސް ސަފުގައި ހިމެނޭ ބައެއް ބޭފުޅުންވެސް ބައިވެރިވިއެވެ.
ސިޒާންއަކީ ޕީޕީއެމުން ހޮވިގެން ނޭކުރެންދޫ ކައުންސިލްގެ ރައީސްކަން ކުރެއްވުމުގެ އިތުރުން އެރަށުގައި ހިންގާ ޕީޕީއެމްގެ ބައެއް ހަރަކާތްތަކުގައިވެސް އިސްކޮށް އުޅުނު މީހެކެވެ.
މިފަހަކަށް އައިސް ރަށްރަށުގައި ތިބޭ ޕީޕީއެމްގެ އިސް ބައެއް މީހުން ދަނީ އެމްޑީޕީއާ ގުޅެމުންނެވެ.