ހުދުމުހުތާރު ވެރިކަން ބަދަލުކުރުމުގެ ވަގުތު ޖެހިއްޖެ ކަމަށާއި ހުރިހާ ރައްޔިތުން މިމަސައްކަތުގައި ތެދުވުމަށް މިސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލު ގޮވާލައްވައިފި އެވެ.
އދ ގެ ސަލާމަތީ މަޖިލީހަށް މިސަރަހައްދުން ރާއްޖެއާއި ވާދަކޮށް އިންޑޮނޭޝިއާއިން ގޮނޑި ކާމިޔާބު ކުރުމާއި ގުޅިގެން ކަންބޮޑުވުންފާޅު ކުރައްވާ ޑރ ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ބަލިވުމަކީ ހައިރާންވާންވީ ކަމެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިއީ އިންތިޚާބުގައި ތެދުވެ ހުދުމުހުތާރު ސަރުކާރު އެ ފަރާތްކުރަންވީ ވަގުތު ކަމަށެވެ.
ސްޕްރީމްކޯޓުގެ އުއްތަމަ ފަނޑިޔާރު ހައްޔަރު ކޮށްފައިވާކަން ފާހަގަކުރައްވައި ޑރ ޖަމީލު ވިދާޅުވީ މިސަރުކާރުން ޑިމޮކްރަސީ ނިޒާމު ފުޑާލައިފައިވާ ކަމަށެވެ.
#Maldives defeat at today’s @UN security council vote is no surprise. Abduction of CJ, total collapse of democratic system & rule of law have brought only shame at home & abroad. Time to rise up & remove this dictator at the ballot box. pic.twitter.com/c2fFH0hmsx
— Mohamed Jameel Ahmed (@MJameelAhmed) June 8, 2018
މީގެ އިތުރުން ޑރ ޖަމީލު ވިދާޅުވީ ގާނޫނު އަސާސީއާއި ހިލާފަށް މިސަރުކާރުން ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން ރާއްޖެއާ ބޭރު ދުނިޔޭގައި ދިވެހިންގެ ނަން ކިލަނބުވެފައިވާ ކަމަށެވެ.
ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއަށް ނާކާމިޔާބުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. މިގޮނޑި ނުލިބުނީ ރައީސް ޔާމީންގެ ސަރުކާރު ފެއިލްވެ އަގުވެއްޓިފައި އޮތުމުގެ ސަބަބުން ކަމަށް އެފަރާތްތަކުން ފާހަގަކުރެ އެވެ.