އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ގޮނޑި ދިވެހިރާއްޖެއަށް ކާމިޔާބު ކުރެވުނު ނަމަ ކައުންސިލް ގައި ވެސް ވޯޓުގެ ވަގު ވިޔަފާރިކޮށް ކައުންސިލް ހަރާބު ކުރާނެ ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އދ ގެ ސެކިއުރިޓީ ކައުންސިލަށް މެންބަރުން ހޮވުމަށް ބޭއްވި ވޯޓުން ރާއްޖެ ބަލިވުމާއި ގުޅިގެން ހޮނިހިރު ދުވަހު ނިޔާޒް ކުރައްވާފައި ޓްވީޓެއްގައި ވަނީ ކައުންސިލަށް ވަންނަން މަސައްކަތް ކުރީ ވޯޓު ވިއްކައިގެން ލާރިކޮޅެއް ހޯދުމުގެ މަގްސަދުގައި ކަމަށް ބެލެވޭ ކަމަށެވެ. އަދި މިއީ އިތުބާރު ނުކުރެވޭ ގޮތްކުޑަ ސަރުކާރެއް ކަމަށް ނިޔާޒް ވިދާޅުވެފައި ވެއެވެ.
Gondi kaamiyaabukoh SC ah vadhevununama SC ga ves vote ge vagu viyafaarikoh, vote vikka Council kharaabukuranekan YAQeen. Bodah belevenee Councilah vannan massakaiy mikureeves vote vikkaigen laarikolheh hoadhumuge maqsadhugai kamah. Mee ithubaaru nukurevey goiykuda sarukaareh. https://t.co/z4OJ2IdQ7V
— Niyaz Ibrahim (@niyaz_ibrahim) June 9, 2018
ހުކުރު ދުވަހު ބޭއްވި އދ. ގެއާންމު މަޖިލީހުގެ 93 ވަނަ ޕްލެނަރީ ބައްދަލުވުމުގައި ނެގި އެވޯޓުގައި އިންޑޮނޭޝިއާ އާއި ވާދަކޮށް ރާއްޖެއަށް ލިބިފައި ވަނީ މެމްބަރު 193 ގައުމުގެ ތެރެއިން46ވޯޓެވެ. އިންޑޮނޭޝިއާއިން144ވޯޓު ކާމިޔާބުކުރިއިރު މިއީ އެގޮނޑިއަށް އެ ގައުމު އިންތިހާބުވި ހަތަރު ވަނަ ފަހަރެވެ. މި ވޯޓުގައި ބައިވެރިވެފައި ވަނީ 190 ގައުމަކުންނެވެ. އިންޑޮނޭޝިއާގެ މިފަހަރުގެ ދައުރު ނިމޭނީ 2020 ވަނަ އަހަރުއެވެ.