މި އަހަރުގެ ރިޔާސި އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ 23 ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ދެންމެ ކަނޑައަޅައިފިއެވެ.
އިންތިޚާބު އޮންނަ ދުވަސް ކަނޑައެޅީ އިލެކްޝަންސް ކޮމިޝަނުން އިންތިޚާބީ މަރުކަޒު ބާ ޖަމާލުއްދީނުގައި ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައެވެ.
އިންތިހާބުގެ މުހިންމު ތާރީހުތައް ފާހަގަކުރައްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 15 ގައި ހުޅުވާލާނެ ކަމަށެވެ. އަދި ފުރުސަތު ހުޅުުވާލުމަށްފަހު ކުރިމަތިލުމަށް 10 ދުވަހުގެ ފުރުސަތެއްދޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުުވި ގޮތުގައި އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ކެނޑިޑަސީއާއި މެދު ސުވާލު އުފެދިއްޖެނަމަ އެކަމާއި ގުޅިގެންވެސް ޝަކުވާ ހުށައެޅުމުގެ ފުރުސަތުދޭނެކަމަށެވެ.

ޝަރީފް ވިދާޅުވީ ރީ ރަޖިސްޓްރޭޝަންގެ ފުރުސަތު 17 ޖުލައިގައި ހުޅުވާލާނެކަމަށާއި، އެ ފުރުސަތު 19 އޮގަސްޓުގެ ނިޔަލަށް ހުޅުވާލާފައި ބާއްވާނެ ކަމަށެވެ. އަދި ވޯޓާރސް ލިސްޓު އަންނަ އާދިއްތަ ދުވަހު އާންމުކުރާނެކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
އޭގެއިތުރުން ވޯޓާރސް ލިސްޓުގައި ސޮއިކުރުމުގެ ފުރުސަތު 31 ޖުލައިގައި ހުޅުވާލައި، ކެނޑިޑޭޓުންގެ މަންދޫބބުންނަށް ވޯޓާރސް ލިސްޓުގައި ސޮއިިކުރުމުގެ ފުރުސަތު ތިން ދުވަހަށްދޭނެ ކަމަށެވެ. ޝަރީފް ވިދާޅުވީ ކެނޑިޑޭޓުންނަށް ކެމްޕޭން ކުރުމަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެކަމަށާއި، އަދި ރޭވިފައިވާގޮތަށް ބަލާކަމުގައިވާނަމަ 30 ދުވަހަށްވުރެ ދިގު މުއްދަތެއް ލިބޭނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ޝަރީފް ވިދާޅުވީ ނިމުނު ރިޔާސީ އިންތިހާބުގައިވެސް ވޯޓު ފެށިތައް ބެހެއްޓި ތަންތަނުގައި ވޯޓު ފޮށިތައް ބަހައްޓާނެކަމަށެވެ. އަދި އެ ޤައުމުތަކުގައިވެސް ވޯޓު ފޮޮށިތައް ބަހައްޓާނެކަމަށާއި، ވޯޓު ފޮށިތައް ހުންނާނެ ތަންތަން އަންނަ މަހު އިިއުލާންކުރަައްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އިންތިހާބުގައި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ މީޑިއާތަކަށް އެ ފުރުސަތުު އޮންނާނެ ކަމަށެވެ. ނަމަވެސް މީޑިއާތަކުުން މޮނީޓަރުން ކަނޑައަޅާއިރު، އެ މޮނީޓަރުންނަކީ މީޑިއާތަކުގެ ކޮންޓްރެކްޓެއްގައި ތިބޭ ބައެއްތޯ ބަލާނެކަމަށާއި، އެ ނޫން ފަރާތްތަކަށް އެ ފުރުސަތު ނުދޭނެ ކަމަށެވެ. މީގެކުރިން މީޑިއާތަކުން އައްޔަނުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮވެ އެވެ. ނަމަވެސް ގެނައި ބަދަލުގެ ސަބަބުން ކޮންމެ ވޯޓު ފޮށްޓެއް ކައިރީގައި މީޑިއާގެ ފަރާތްތަކަށް ހަރަކާތްތެރިވުމަށް ހުރަސްތަކާއި ކުރިމަތިވާނެ އެވެ.
އޭގެއިތުރުން ވާހަކައްދަކަވަމުން ޝަރީފް ވިދާޅުުވީ މި އިންތިހާބުގެ ކަންކަން ކުރިއަށްދާގޮތް ބެލުމުގެ ފުރުސަތު ބޭރުގެ ޤައުމުތަކަށްވެސް އޮންނާނެކަމަށެވެ. އަދި ޔޫރަޕްގެ އިއްތިހާދަށް ހާއްސަ ދައުވަތެއްދޭނެ ަމަށް ޝަރރީފް ވިދާޅުވި އެވެ.
އިންތިހާބުގެ ތާރީހްތައް އިއުލާންކުރިއިރު، އިދިކޮޅު ފަރާތްތަކުން އަންނަނީ މިހާރު އޮތް އިލެކްޝަންސް ކޮމިޝަނާއެކުގައި މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެކަމަށް ބުނެފަ އެވެ. އަދި އިންތިހަބުގެ ކުރިން އިލެކްޝަންސް ކޮމިޝަން ބަދަލުކުރަންޖެހޭކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އެ ފަރާތްތަކުން ސިފަކުރާގޮތުގައި މިހާރު ތިއްބެވި މެމްބަރުންނަކީ ރައީސް އަބްދުﷲ ޔާމީންގެ "އޯޑަރަށް" މަސައްކަތްކުރައްވާ ބޭފުޅުންތަކެކެވެ.