އިންޑިއާގެ ޗެންނާއީއަށް އެތެރެވިޔަނުދީ ސަރުކާރު ހިންގާ ކޯލިޝަންގެ ޕާލިމެންޓްރީ ލީޑަރު، އަހުމަދު ނިހާން ހުސައިން މަނިކު އެ ގައުމުން ބޭރު ކޮށްލީ އިންޑިޔާއަށް ނިސްބަތްކޮށް ރައީސް ޔާމިންގެ ސަރުކާރުން ދޮގު ވާހަކަތައް ފަތުރާތީ ކަމަށް މިސަރުކާރުގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.
އިންޑިޔާއަށް ކުރެއްވި ދަތުރުފުޅެއްގައި އެގައުމަށް ނާރުވާ ނިހާން ބޭރު ކޮށްލުވުމާއި ގުޅިގެން ކަންބޮޑުވުންފާޅު ކުރައްވާ ޑރ ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިޔާ އަކީ ރާއްޖެއާ އެންމެކައިރި އަވައްޓެރި ގައުމު ކަމަށެވެ. ނަމަވެސް މިސަރުކާރުން އަންނަނީ އިންޑިއާއަށް ނިސްބަތްކޮށް ހަގީގަތެއް ނެތް ވާހަކަތައް ދައްކަމުން ކަމަށާއި، ފުރައްސާރަ ކުރުމުގެ ނަތީޖާއަކީ މިފަދަ ދެރަގޮތް ދިމާވުން ކަމަށެވެ.
Enme kaari avahtteri Qawm India ah nisbaikoh mi sarukaarun haqeeqatheh nei vaahaahakathah dhehkkumaai, frahssaara kurumuge natheejaa akee mifadha dhera goi dhimaavun. Konme dhivehssakah dhimaaviyas miee hithaama veri kameh. Dhera vehjje! https://t.co/sCWiSryEBy
— Mohamed Jameel Ahmed (@MJameelAhmed) June 5, 2018
މީގެ އިތުރަށް ޑރ ޖަމީލު ވިދާޅުވީ އިންޑިއާއަށް އެތެރެވިޔަ ނުދީ ބޭރުކޮށްލުމަކީ ކޮންމެ ދިވެއްސަކަށް ދިމާވި ނަމަވެސް ހިތާމަވެރި ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ދެރަ ވެއްޖެ ކަމަށެވެ.
ކުރިން ވެސް އިންޑިއާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ނިހާން، އިންޑިއާއިން ބޭރު ކޮށްލުމުން އޭނާ ވަނީ ވަރަށް ބޮޑަށް އިންޑިއާއަށް ފާޑު ވިދާޅުވެފައެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން އޭނާއަށް ވަނީ އަމާޒުވެފަ އެވެ.
ނިހާން ވިދާޅުވީ އިންޑިޔާއަށް ނޭރުވި ސަބަބު ބަލާނެ ކަމަށާއި، މިމައްސަލާގައި ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ނަމަވެސް މި މައްސަލާގައި މިހާތަނަށް އިންޑިޔާއިން ވަކި އެއްޗެއް ނުބުނެ އެވެ.