ދެކުނުގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރ (މެޓް އޮފީހުން) ބުނީ ބުދަ ދުވަހުގެ މެންދުރު 01:30 އިން ފެށިގެން ހަވީރު 05:30 އަށް ކ. އަތޮޅާއި ގދ. އަތޮޅާއި ދޭތެރޭގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ވެސް ކަނޑުތައް ގަދަވާނެ ކަމަށާއި ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ރާއްޖެ އަށް މިދުވަސްކޮޅަކީ މޫސުމް ގޯސް ދުވަސްކޮޅެކެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި އުދައެރުން ފަދަ ހާދިސާތައް ކުރިމަތިވަމުންދާއިރު ކަނޑުމަތީގެ ހާދިސާތައް ވެސް ދަނީ ހިނގަމުންނެވެ. ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުކުރުކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.