ކ. މާލެ
|
14 ޖެނުއަރީ 2017 | ހޮނިހިރު 17:05
އިބްތިޝާމާ އަޙްމަދު ސައީދު
އިބްތިޝާމާ އަޙްމަދު ސައީދު
ރާއްޖެ އެމްވީ
އައްޑޫ އެއާޕޯޓް
ބައިނަލްއަޤްވާމީ ފްލައިޓްތަކާއި ގުޅިފައިވަނީ ދެކުނު ސަރަހައްދުގެ ފަތުރުވެރިކަން: އިބްތިޝާމާ
 
އޭޝިޔާ ސަރަހައްދުގެ އެންމެ ބޮޑު އެއް އެއަލައިންނާއި މެދު އިރުމަތީގެ އެއަރލައިންއަކާ މަޝްވަރާތަކެއް ދަނީ ކުރަމުން

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަ ބައިނަލްއަޤްވާމީ ފްލައިޓްތަކާ ގުޅިފައިވަނީ ދެކުނު ސަރަހައްދުގެ ފަތުރުވެރިކަން ކަމަށް އެއަރޕޯޓުގެ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަޙްމަދު ސައީދު ވިދާޅުވެއްޖެއެވެ.

 

ރާއްޖެޓީވީގެ ވިޔަފާރި ރިޕޯޓަށްދިން އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން އިބްތިޝާމާ ވިދާޅުވީ އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓަށް އިތުރު ފްލައިޓްތައް ބާއްވަން ބައިނަލްއަޤްވާމީ ބޮޑެތި އެއަރލައިންތަކާއި ވާހަކަދައްކަމުން އަންނަ ކަމަށެވެ.

 

އެގޮތުން އޭޝިޔާ ސަރަހައްދުގެ އެންމެ ބޮޑު އެއް އެއަލައިންނާއި މެދު އިރުމަތީގެ އެއަރލައިންއަކާ މަޝްވަރާތަކެއް ކުރެވި ވާހަކަ ދެކެވެމުން އަންނައިރު ދެކުނު ސަރަހައްދުގެ ފަތުރުވެރިކަން އިތުރުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

 

ދެކުނުގެ ހަތަރު އަތޮޅުން މިހާރު ވެސް ލިބެނީ ގާތްގަނޑަކަށް 3،000 ބެޑް ކެޕޭސިޓީ ކަމަށާއި އެގޮތުން ދޫގަސް އަލުން ހުޅުވި ޚިދުމަތް ދިނުމަކީ ވެސް ބެޑް ސެޕޭސިޓީ އިތުރުވެގެންދާނެ ކަމެއް ކަމަށް އިބްތިޝާމާ ވިދާޅުވި އެވެ.

 

ގްލޯބަލް ޓްރެންޑްސްއާ އެއްގޮތަށް ބަދަލުވަމުން އަންނަން ޖެހޭކަން ފާހަގަކުރައްވަމުން ރީޓެއިލްއަކީ އެއަޕޯޓްގެ ތަރައްޤީއަށް ވަރަށް މުހިއްމު ކަމެއް ކަމަށާއި މިކަމުގެ ސަބަބުން އެއރަޕޯޓް ސިޓީއެއްގެ ގޮތަށް ތަރައްޤީ ކުރުމަށް ކުރިމަގު އެބައޮތް ކަމަށް ވިދާޅުވި އެވެ.

 

އަދި ކުރިއަށް އޮތް ތަނުގައި ވަޒީފާގެ ވަރަށް ގިނަ ފުރުޞަރުތުތަކެއް އައްޑޫ އެއަރޕޯޓުން އިތުރުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް