ކުރިން އެންގުމަކާ ނުލައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އިންޑިއާއަށް އެެރުނަ ނުދީ އެޤައުމުން ބޭރުކުރުމުން އެކަމާއި ނިހާން ނުރުހުން ފާޅުކުރެއްވުމުން ގިނަ ބަޔަކު ނިހާންއަށް ފާޑުކިޔަމުން އެބަދެއެވެ.
ނިޙާންއަށް އިންޑިއާއަށް ނޭރުނު ސަބަބު ހަމާކޮށް، ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ހޮޓެލް ޖެންގެ ބޭރުގައި ނޫސްވެރިންނާއި ބައްދަލުކުރައްވަމުން ގެންދަވަނިކޮށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާއަށް ނޭރޭނެކަން ކުރިން އެންގުމަކާއި ނުލައި އިންޑިއާއަށް ދިޔުމަށްފަހު ޑީޕޯޓްކޮށްލުމުން ނިހާން ނުރުހުން ފާޅު ކުރެއްވިއިރު، ދިވެހި އެއަރޕޯޓުން ދިވެހިން ފުރިޔަނުދީ ގެޔަށް ފޮނުވާލަމުން ގެންދަނީ ކުރިން އެންގުމަށް ޤާނޫނުން ލާޒިމްކޮށްފައިވާއިރުވެސް، އެންގުމަކާ ނުލައިކަމަށެވެ.
އަދި މިހާރު އަސަރުކުރޭތޯ ނިހާންއާއި އިންތި ސުވާލު ކުރެއްވިއެވެ.
India ah neyreynekan KURIN ENGUMAKAANULAI,India ah dhiumah fahu deport kohlumun @ahmed_nihan nuruhun faalhu thiya kuree.
— ???????? ????? (@Imthiyazfahmy) June 5, 2018
Dhivehi airportun Dhivehin furiyanudhy geyah fonuvaalamun gendhany KURIN ENGUMAH QAANOONUN LAAZIMKOHFAI vaairu ves engumakaanulai.
Mihaaru asarukurey tho? ? pic.twitter.com/bZI5cTLGTh
ނިހާންއަށް އެކި ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ނިހާން "އަނެއް އިމިގްރޭޝަން އޮފިސަރގެ މޫނަށް ކުޅުޖެހީބާ"އޭ ވިދާޅުވެ ސުވާލު ކުރައްވާފައެވެ. ރޮޒައިނާ އިޝާރާތްކުރައްވާފައިވަނީ އޭނާގެ މޫނަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ނިހާން އަނގައިގައި ހުރި ފެން ބުރުވާލި ޙާދިސާއަށެވެ.