އިންޑިއާއަކީ 'ބުލީއެއް'ކަމަށް ސިފަކޮށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވާހަކަ ދެއްކެވުމާއި ގުޅިގެން، ނިޙާންއާއިއެކު ކުރިން މަސައްކަތްކުރެއްވި، އަދި މިހާރު އިދިކޮޅު ފަރާތްތަކާއި އެކު މަސައްކަތްކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ސުވާލު އުފައްދަވައިފިއެވެ.
ހޯމަ ދުވަހުގެރޭ ނިހާން އިންޑިއާގެ ޗެންނާއީއަށް ވަޑައިގަތުމުން އޭނާއަށް އިންޑިއާއަށް ވަނަނުދީ އިންޑިއާގެ އިމިގްރޭޝަނުން އޭނާ އެހެން ފްލައިޓެއްގައި ފޮނުވާލި މައްސަލައިގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ އިންޑިއާއިން ކަންތައްކުރަނީ ޖެއްސުމަށް ކަމަށާއި، އެއީ ބުލީކުރުން ކަމަށެވެ.
Ruling party MP Nihan feels that India bullied him bcos his entry was denied by Indian immigration.Concurrently dozens of opposition MPs & party leaders are denied from leaving Maldives.Who’s the real bully? @DevirupaM @ANI @destinydefier @AdityaRajKaul @khandelwals1 @the_hindu
— ????? ??????? (@AhmedMahloof) June 5, 2018
ނިހާންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވީ އިންޑިއާއަށް އޭނާއަށް އެތެރެނުވެވުމުން އިންޑިއާއަކީ ބުލީއެއްކަމަށް ނިހާން ވިދާޅުވާއިރު، ރާއްޖޭގައި ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންނާއި އިދިކޮޅު ލީޑަރުން ރާއްޖެއިން ނުފުރިފައި އެބަތިބިކަމަށެވެ. އެހެންކަމުން ހަގީގަތުގައި ބުލީއަކީ ކާކުތޯ މަހުލޫފު ސުވާލު ކުރެއްވިއެވެ. މަހުލޫފު އިޝާރާތްކުރައްވާފައިވަނީ މިހާރު ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ގިނަ އަދަދެއްގެ ސިޔާސީ ފަރާތްތަކުގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ހިފެހެއްޓުމަށާއި، ބޭރުގައި ތިއްބެވި ބައެއް ސިޔާސީ ފަރާތްތަކުގެ ޕާސްޕޯޓްތައް ކެންސަލްކޮށްފައިވާ މައްސަލައަށެވެ.