ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަކީލް މައުމޫން ހަމީދު ބުދަ ދުވަހުގެރޭ ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
މައުމޫންގެ ފުލުހަށް ހާޒިރުވާން އެންގީ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުގެ ނޫސްވެރިންނާ ބައްދަލުކުރައްވައި އޭނާ ދެއްވި އިންޓަވިއުއެއްގައި ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ހެއްކާ ބެހޭގޮތުން ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެ އެވެ. އެ މައްސަލާގައި މައުމޫނަށް އަންގާފައި ވަނީ ބުދަ ދުވަހުގެރޭ ފުލުހަށް ހާޒިރުވުމަށެވެ.
.@PoliceMv
— Maumoon Hameed (@maanhameed) June 5, 2018
Just received a chit to appear for questioning about my remarks to the media on 13 Feb 2018.
Naturally this is totally unrelated to my recent tweets, but if you could just indicate which ones struck a highly sensitive nerve, I can focus solely on those from now on... pic.twitter.com/oQ8p9BVPmV
ކުރީގެ ރައީސް މައުމޫންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ވަކީލެއްގެ ގޮތުގައި ވެސް މައުމޫން ހަމީދު މަސައްކަތް ކުރައްވަ އެވެ.
ކުރީގެ ރައީސް މައުމޫން ހައްޔަރު ކުރުމާއި އެމަނިކުފާނުގެ ބަންދުގައި ހުންނެވި މައްސަލާގައި މައުމޫން ހަމީދު ކުރިން ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅު ކުރައްވައިފަ އެވެ.