ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އަނެއްކާ ވެސް މުހައްމަދު ޖުނައިދު އައްޔަން ކުރައްވައިފިއެވެ.
ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސްގެ މަގާމަށް 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެސް ޖުނައިދު އައްޔަން ކުރެއްވިއެވެ. ނަމަވެސް 2016 ވަނަ އަހަރުގެ އޭޕްރީލް މަހު އޭނާ ވަނީ އެމްޕީއެލްގެ ސީއީއޯގެ މަގާމަށް ބަދަލުކޮށްފައެވެ. އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ.
ކަސްޓަމްސްގެ ކޮމިޝަނަރު ކަމަށް އަނެއްކާ ވެސް ޖުނައިދު އައްޔަން ކުރެއްވި ކަމަށް ވިދާޅުވެ، އޭނާއަށް މަގާމުގެ ފަތްކޮޅު އަރުވާ ފޮޓޯތައް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ ވަނީ ޓްވީޓް ކުރައްވާފައެވެ.
Raeesuljumhooriyyaa, Commissioner General of Customs ge magaamah, S.Meedhoo Keneree Villa, Mohamed Junaid ayyanu kuravvaifi. pic.twitter.com/vpcP610QoE
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) June 5, 2018
އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވުމަށް ފަހު، ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ ސަރުކާރުގެ ހަރަކާތްތަކާއި ޕީޕީއެމްގެ ހަރަކާތްތަކުން އޭނާ ވަނީ ފެއަށް ޖެހިވަޑައިގެންފައެވެ. އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންނާއި އެހެނިހެން އިސް ބޭފުޅުންގެ ނުފޫޒުން ކަމަށްވެއެވެ.
ޖުނައި ކަސްޓަމްސްގައި ހުންނެވި އިރު ތެލުގެ ބޮޑު ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވި އިރު ރައްޔިތުން މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ކުންފުނި މެރީޑިއަމްގެ މައްޗަށް ބޮޑެތި ތުހުމަތުތައް ޖުނައިދު ކުރައްވާފައި ވެއެވެ.