ކ. މާލެ
|
2 ޖޫން 2018 | ހޮނިހިރު 21:05
މައްސަލަ ޖެހިގެން އުޅޭ ފެންކާ ނަމަކަށް ކިޔާ ގެރި
މައްސަލަ ޖެހިގެން އުޅޭ ފެންކާ ނަމަކަށް ކިޔާ ގެރި
ނިއުސް.ބީއެންޓީ
އީޔޫ ބޯޑަރު ހުރަސްކުރުން
ގަވައިދާ ޚިލާފަށް އީޔޫ ބޯޑަރު ހުރަސް ކުރުމާ ގުޅިގެން މާބަނޑު ގެރިއެއް މަރަން ހުކުމް ކޮށްފި
ގެރި ސަލާމަތް ކުރެވޭތޯ ބަލްގޭރިއާގެ ބޮޑު ވަޒީރަށް ސިޓީއަކުން ދަންނަވައިފި

ގަވައިދާ ޚިލާފަށް އީޔޫ ބޯޑަރު ހުރަސް ކުރުމާ ގުޅިގެން މާބަނޑު ގެރިއެއް މަރަން ކަނޑައަޅައިފިއެވެ.

މައްސަލަ ޖެހުނީ ގެރި ނިސްބަތްވާ އީޔޫގެ ގައުމެއް ކަމަށްވާ ބަލްގޭރިއާގެ ކޮޕިލޮވްޓްސީ އަވަށުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައި ނުހިމެނޭ ސާބިއާ އަށް ސަރަހައްދީ ރޮނގު ހުރަސް ކޮށް އެ ގެރި ދިއުމާ ގުޅިގެންނެވެ.  

ގަވައިދާ ޚިލާފަށް ސަރަހައްދީ ރޮނގު ހުރަސް ކުރި ޕެންކާ ނަމަކަށް ކިޔާ މި ގެރި އޭގެ ވެރިފަރާތައް މިހާރު ވަނީ ހަވާލު ކޮށްފައެވެ.

ސާބިއާގެ ޖަނަވަރާރުންނާ ބެހޭ ޑޮކްޓަރުން ބުނެފައިވަނީ ގެރި އަނބުރާ ރައްދު ކުރި އިރު އޭގެ ސިއްހަތު މުޅިން ބަރާބަރު ކަމަށެވެ.

އަނބުރާ ވެރިފަރާތައް ހަވާލު ކުރި ނަމަވެސް އީޔޫގެ ހަރުކަށި ގަވައިދުތައް ހުރި ގޮތުން އެ ގެރި ޖެހޭނީ މަރާލަން ކަމަށް ބަލްގޭރިއާގެ އޮފިޝަލުން އޭ.އެފް.ޕީ އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ. އޮފިޝަލުން ބުނެފައިވަނީ ގެރިއާ މެދު އަމަލު ކުރާނެ ގޮތެއް ނިންމުމަކީ އެމީހުންގެ އިޚްތިޔާރުގައި އޮތް ކަމެއް ނޫން ކަމަށާއި، އެމީހުންނަށް އޮންނަ ގޮތަކީ ވެރިރަށް ބްރަސްލްސް އިން އާއްމު ކުރާ ގަވައިދުތައް ތަންފީޒު ކުރުން ކަމުގައެވެ.

މައްސަލަ އާ ގުޅިގެން ބަލްގޭރިއާގެ ގާނޫނު ހަދާ މަޖިލީހުގެ ކޮންޒަވެޓިވް މެމްބަރަކު ވަނީ ބަލްގޭރިއާގެ ބޮޑު ވަޒީރަށާއި ޔޫރަޕިއަން ޔޫނިއަންގެ ރައީސް އެންޓޯނިއޯ ޓަޖާނީ އަށް ގެރި ސަލާމަތް ކުރެވޭތޯ ސިޓީއެއް ފޮނުއްވާފައެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޖޯން ފްލެކް ވިދާޅުވީ، ޔަގީނުންވެސް މިއީ އީ.ޔޫ ގެ ހަރުކަށި ގަވައިދުތައް އަކުރުން ފިއްޔަށް ތަރުޖަމާ ކުރުމަށް ވުރެ ބޮޑަށް ހަމަ ބުއްދި އިސްކުރަން ޖެހޭ ހާލަތެއް ކަމުގައެވެ.

ޔޫރަޕިއަން ކޮމިޝަންގެ އުސޫލްތައް އޮންނަ ގޮތުން އީޔޫ ބޯޑަރު ހުރަސްކޮށް ގެރިއެއް ގެންދެވޭނީ ބޯޑަރު ޗެކް ޕޮއިންޓްތަކަށް އެ ގެރިއެއް ހާޒިރުކޮށް އޭގެ ސިއްހަތު ރަނގަޅު ކަމަށް ކަމާބެހޭ ފަރާތަކުން ދީފައިވާ ލިޔުންތައް ހުށަހެޅުމަށް ފަހުގައެވެ.

ގެރީގެ މައްސަލައިގައި ޗޭންޖް.އޯގް އިން ވަނީ ޕެޓިޝަނެއް ވެސް ހިންގަން ފަށާފައެވެ. މި ޕެޓިޝަންގައި ގޮވާލާފައިވަނީ ޕެންކާގެ މައްސަލަ އިސްތިސްނާ ކޮށްދިނުމަށް ގޮވާލާފައެވެ.

ޕެޓިޝަންގައި ދެހާހާ ގާތްކުރާ އަދަދަކަށް މިހާރު މީހުން ވަނީ ސޮއި ކޮށްފައެވެ.

ޕެންކާ ވިހާނެ ކަމަށް ލަފާކޮށްފައިވަނީ މީގެ ތިން ހަފްތާ ފަހުންނެވެ.

- ކޮމެންޓް
2 ޖޫން 2018 | ހޮނިހިރު 21:16
ގެރި
އިންޑިޔާ މީހުން ވަރަށް ދެރަ ވޭހެއް،