އެމެރިކާގެ ހަވާއީ ގައި ހުންނަ "ކީލައުއާ" އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން 26 ގެ ހަލާކުވެފައިވާއިރު، އިތުރު ގެތައް ހަލާކުވެދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.
"ކީލައުއާ" އަލިފާން ފަރުބަދަ ހުންނަ ސަރަހައްދުން 2000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާއިރު، ގެދޮރު ދޫކޮށްދިޔައިރު ބަހައްޓާފައި ދެވުނު، އޮޅު ޖަނަވާރު އަދި ދޫނިފަދަ ތަކެތި ބަލައި ދިއުމުގެ ހުއްދަ ވަނީ ދީފަ އެވެ.
އާދީއްތަ ދުވަހުގެ ރޭ "ކީލައުއާ" އަލިފާން ފަރުބަދަ ކުރިއަށްވުރެ ބޮޑަށް ގޮވާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ހުކުރު ދުވަހުގެ ރޭ ހަވާއީ އަށް ވަނީ 6.9 މެގްނިޓިއުޑްގެ ބިންހެލުމެއްވެސް އައިސްފައެެވެ.
"ކީލައުއާ" އަކީ ދުނިޔޭގެ އެންމެ އެކްޓިވް އަލިފާން ފަރުބަދަތަކުގެ ތެރޭގައި ހިމެނޭ އަލިފާން ފަރުބަދައެކެވެ.
 
                             
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
