ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރ އަހްސަން އިގްބާލްއަށް ދިން ހަމަލާ ސައުދި އަރަބިއްޔާއިން ކުށްވެރި ކޮށްފި އެވެ.
ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީގެ ބޭފުޅަކު ވިދާޅުވީ ޕާކިސްތާނުގެ މިނިސްޓަރަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
މިނިސްޓަރ އިގްބާލަށް ހަމަލާ ދީފައި ވަނީ އާދިއްތަ ދުވަހުގެ ހަވީރު ޕަންޖާބްގައި އޮތް އެއްވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށް ވަޑައިގަންނަވަނިކޮށެވެ.
ބަޑިން ދިން މި ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް އެރައިފައިވަނީ އެއް ވަޒަނެވެ. ވަޒަން އަމާޒުވީ ކަނާތު އަތްޕުޅަށެވެ.
ބައެއް ފަރާތްތަކުން ސިފަ ކޮށްފައިވާ ގޮތުގައި މިއީ އެމަނިކުފާނު އަވަހަރާ ކޮށްލުމަށް ދެވުނު ހަމަލާ އެކެވެ. ނަސީބުދިމާކުރި ގޮތުން އެމަނިކުފާނުގެ ފުރާނައަށް ނުރައްކަލެއް ހަމަލާއިން ނުލިބެއެވެ.، ހަމަލާއާ ގުޅިގެން އެމަނިކުފާނުވަނީ ހޮސްޕިޓަލަށް ގެންދެވިފައި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.
ހަމަލާދިން މީހާ މިހާރުވަނީ ހައްޔަރުކުރެވިފައެވެ.
 
                             
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
