ކ. މާލެ
|
8 ޖެނުއަރީ 2017 | އާދީއްތަ 22:24
މީރާއިން މީހަކު ނުކުންނަނީ
މީރާއިން މީހަކު ނުކުންނަނީ
އަޒުމޫން އަހުމަދު
މައުމޫން
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
ވެހިކަލް ޖޫރިމަނާގެ ގޮތުގައި ކޮންމެ އަހަރަކުވެސް ދައުލަތުން ބޮޑު އާމްދަނީއެއް ހޯދާ
ވެހިކަލް ފީގެ ގޮތުގައި މިދިޔަ އަހަރު 54 މިލިެަން ރުފިޔާ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވޭ

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް 69 މިލިއަން ރުފިޔާގެ އާމްދަނީއެއް  ލިބިފައިވާކަން  ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އެތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ވެހިލަކްތަކުގެ ރަޖިސްޓްރޭޝަން ފީ އާއި، ވެހިކަލްތަކުގެ ޖޫރިމަނާ ފީގެ ގޮތުގައި އެ އިދާރާއަށް ލިބުނު އާމްދަނީ ވަނީ 2015 އަހަރު އެ މުއްދަތުގެ ތެރޭގައި ލިބުނު އާމްދަނީއަށް  ވުރެ އިތުރުވެފަ އެވެ.

އެގޮތުން 2015 އަހަރުގެ ނޮވެމްބަރު މަހުގައި ދައުލަތަށް ވެހިކަލް ފީގެ ގޮތުގައި ލިބިފައިވަނީ 54 މިލިއަން ރުފިޔާ އެވެ. ނަމަވެސް 2016 ވަނަ އަހަރު ދައުލަތަށް ވެހިކަލް ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެ، 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ވެހިކަލް ފީގެ ގޮތުގައި ދައުލަތަށް ވަނީ 69,672,688 (ފަސްދޮޅަސް ނުވަ މިލިއަން، ހަ ލައްކަ ހަތްދިހަ ދެ ހާސް، ހަ ސަތޭކަ އަށްޑިހަ އަށެއް) ރުފިޔާ ލިބިފަ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއީ، 0.5 އިންސައްތައިގެ އިތުރުވުމެކެވެ.

މި އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ވެސް ވަނީ ވެހިކަލް ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އިތުރުވާނެ ކަމަށް ބުނެފަ އެވެ. އޭގެއިތުރުން މާލޭގައި ވެހިކަލްތަކުގެ ތޮށްޖެހުން އިތުރުވާތީ އެކަން ހައްލުކުރުމަށް އިތުރު ފީއެއް  ވެސް ނެގުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެހެންކަމުން 2017 ވަނަ އަހަރު ވެހިކަލް ފީގެ ގޮތުގައި ދައުލަތަށް ނަގާ އާމްދަނީ ދެ ގުނައަށް އިތުރުވާނެއެވެ.

- ކޮމެންޓް